1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯލްޑިވިއަން ޖާނީ ޕްލަސްގެ ހިދުމަތް ތައާރަފް ކޮށްފި

މޯލްޑިވިއަންގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން---
މަރްޔަމް ޝަފާ ސައީދު
4ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފަސިންޖަރުންނަށް ދަތުރުފަތުރުގެ ފަސޭހަ އަދި ލުއި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން "މޯލްޑިވިއަން ޖާނީ ޕްލަސް" ގެ ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މި ހިދުމަތަކީ އެތައް ހާސް ފަސިންޖަރުންގެ ފަރާތުން ލިބުނު ފީޑްބެކްތަކަށް ބަލައި، އިތުރު އިހުތިޔާރުތަކެއް ލިބޭނެހެން ފަރުމާކޮށްފައިވާ ހިދުމަތްތަކެކެވެ.

މޯލްޑިވިއަންގެ ސީނިއާ މެނޭޖާ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހަސަން ޝާރިހް އާދަމް ވިދާޅުވީ، ޖާނީ ޕްލަސްގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޕްރިއޯރިޓީ ސާވިސްގެ ދަށުން އެއާޕޯޓްގެ ކިއުގައި ނުޖެހި ހިދުމަތް ލިބުމާއި، އެންމެ ފުރަތަމަ ބެގޭޖް ލިބުމުގެ އިތުރުން ފުރަތަމަ ބޯޓަށް އެރުމާއި ފޭބުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މޯލްޑިވިއަން ޖާނީ ޕްލަސް އިން ލިބޭ 5 ހިދުމަތް

300 × 250

މި ޕްރޮގްރާމްގެ ދަށުން ތައާރަފުކޮށްފައިވާ މައިގަނޑު ފަސް ހިދުމަތަކީ:

ޖާނީ + ޕްރިމިއާ: ޑޮމެސްޓިކް ފަސިންޖަރުންނަށް އިސްކަންދޭ ޗެކިން އަދި ބެގޭޖް ހޭންޑްލިންގެ ހިދުމަތް.

ޖާނީ+ ބޭގްސް: ޑިސްކައުންޓް ރޭޓުގައި އެޑްވާންސްކޮށް އިތުރު ބެގޭޖް ގަތުމުގެ ފުރުސަތު.

ޖާނީ+ ރިލެކްސް: މޯލްޑިވިއަންގެ ބައެއް ލައުންޖުތަކަށް ވަދެ ހިދުމަތް ހޯދުމުގެ ފުރުސަތު.

ޖާނީ+ އަޕްގްރޭޑް: އިންޓަނޭޝަނަލް ފްލައިޓްތަކުގައި ބިޒްނަސް ކްލާހަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު.

ޖާނީ+ ބައިޓްސް: ޑޮމެސްޓިކް ދަތުރުތަކުގައި ޕްރީ-އޯޑަރު ކޮށްލައިގެން ސްނެކް އެންޑް ޑްރިންކް ކޮމްބޯ ލިބުމުގެ ފުރުސަތު.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މޯލްޑިވިއަން ޖާނީ ޕްލަސް އަކީ ފަސިންޖަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށްޓަކައި އުފައްދާފައިވާ ހިދުމަތެއް ކަމަށެވެ. "މި ހިދުމަތްތަކުގެ ތެރެއިން ވަރަށް ގިނަ ހިދުމަތްތައް އަޅުގަނޑުމެންގެ ފަސިންޖަރުން ބޭނުންކުރާތާ އެތައް ދުވަހެއް ވެއްޖެ، އަދި ޖާނީ ޕްލަސް އާ އެކު، އަޅުގަނޑުމެން މި ގެނެސްދެނީ ކަސްޓަމަރުންގެ ދަތުރު ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ލިބޭ ހިދުމަތެއް. މިއީ ފުރަތަމަ ފިޔަވަހި ކަމަށްވާއިރު، ޖާނީ ޕްލަސް ކުރިއަރަމުންދާ ވަރަކަށް އިތުރު ހިދުމަތްތަކާއި އޮޕްޝަންތައް ތައާރަފު ކުރެވިގެންދާނެ،" އިޔާސް ވިދާޅުވިއެވެ.

މި ހިދުމަތްތައް ފްލައިޓް ފުރުމުގެ 24 ގަޑިއިރު ކުރިން ބުކް ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި މޯލްޑިވިއަން ކޯލް ސެންޓަރު، ވައިބަ، ވަޓްސްއެޕް، ޓިކެޓިން އޮފީސް އަދި ޕީއެސްއޭ އާއި ޖީއެސްއޭތައް މެދުވެރިކޮށް ވެސް މި ހިދުމަތްތަކަށް ބުކިން ހެދޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި