1280 × 720 (16:9)
އަންގާރަ18 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026"، ފަރސްޓް ލޭޑީ އިފްތިތާޙުކޮށްދައްވައިފި

މެޑަމް ސާޖިދާ، "ތެވެލި" ބައިނަލްއަޤްވާމީ މަހާސިންތާ އިފްތިތާޙުކޮށްދެއްވުން - ފޮޓޯ: ޕީއެސްއެމް
މެޑަމް ސާޖިދާ، "ތެވެލި" ބައިނަލްއަޤްވާމީ މަހާސިންތާ އިފްތިތާޙުކޮށްދެއްވުން - ފޮޓޯ: ޕީއެސްއެމް
މަރިޔަމް އަފީފާ
8ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026"، ދިވެހިރާއްޖޭގެ ފަރސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026" މެޑަމް ސާޖިދާ އިފްތިތާޙުކޮށްދެއްވާފައިވަނީ އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

2017 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި މަހާސިންތާގެ މިއަހަރުގެ ޝިއާރަކީ "ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ.

300 × 250

މި މަހާސިންތާ މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދާއިރު، މިހާތަނަށް ރެކޯޑު އަދަދަކަށް ދިރާސާ ކަރުދާސް ހުށަހެޅިގެން ގޮސްފައިވެއެވެ. އެގޮތުން މި ފަހަރުގެ މަހާސިންތާއަށް، ދުނިޔޭގެ 25 ޤައުމަކުން ޖުމްލަ 330 ދިރާސާ ކަރުދާސް މިފަހަރު ވަނީ ހުށަހަޅާފައެވެ.

ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އައު އީޖާދުތަކާއި ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސައިންސާއި ސިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، އަދި އިޤްތިޞާދާއި ދުނިޔޭގެ ސުލްޙަމަސަލަސްކަމާ ގުޅޭ ދާއިރާތައް ހިމެނެއެވެ. މި ސެޝަންތަކުގައި ރާއްޖެއާއި ބޭރުގެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދިރާސާވެރިންގެ އިތުރުން އެކި ކުންފުނިތަކުގެ ޢިލްމީ ހޯދުންތައް ހުށަހަޅާނެއެވެ.

ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކާއި ސިޔާސަތުތަކަކީ ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ހެދުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި