1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ޞިއްޙީ މައްސަލަ ރާއްޖެއަށް އެބައޮތް: ވަޒީރު އަބުދުﷲ ނާޒިމް

pfub9xzx
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް... ފޮޓޮ: ހެލްތް މިނިސްޓްރީ
އާމިނަތު ޝަޒްލާ
171ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ އެއް ޤައުމުގެ ގޮތުގައި ހިމެނޭއިރު، ދުނިޔޭގެ ފެންވަރުގައި އަޅާ ފިޔަވަޅުތަކުން، ނުވަތަ އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުން ރާއްޖެއަށް އެކަމުގެ އަސަރު ރާއްޖެއަށް ކުރާކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގެ ޕްލިނަރީ ސެޝަންގައި ތަޤުރީރު ކުރައްވަމުން ޞިއްޙި ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ދުނިޔޭ ޞިއްޙަތު ޖަމްޢިއްޔާގެ މިފަހަރު ބައްދަލުވުމުގެ ޝިއާރު "ޞިއްޙަތަށް އެއް ދުނިޔެ" އެއް މިޝިއާރަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި މިއަހަރުގެ ބައްދަލުވުމުގައި ތަންފީޒު ކުރަން ނިންމި ޕެންޑަމިކް ޓްރީޓީއަކީ ޝިއާރާއި އެއްގޮތަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއް މިސާލު ކަމަށްވެސް ވިދާޅުވިއެވެ.

ތަރައްޤީވެފައިވާ ޤައުމުތަކާއި އެއް ފެންވަރަށް މައިންގެ ޞިއްޙަތާއި ކުޑަކުދިންގެ ޞިއްޙަތު ރާއްޖޭގައި މިހާރު ކުރިއަރާފައިވީ ނަމަވެސް، ތަފާތު އެހެން ގޮންޖެހުންތައް މިއަދު ހުރިކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އެންމެ ގިނަ ބަޔަކަށް ދިމާވާ މައްސަލަ ކަމަށާއި، މިކަމުގެ އަސަރު ވަކިވަކިން އޮންނަ ގިނަ ރައްރަށުގެ ރައްޔިތުން ތަހައްމަލު ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

300 × 250

މިނިސްޓަރ ވިދާޅުވީ ގައިންގައިން ނާރާ ބަލިތައް އިތުރުވެ، ޞިއްޙީ ނިޒާމަށް ބުރަބޮޑުވެފައިވާއިރު، ތަފާތު ބަލިތަކަށް ފަރުވާ ދެވޭ މިންވަރު އިތުރުކޮށް، ދުޅަހެޔޮ މުުޖްތަމަޢެއް ބިނާކުރުމަކީ މުހިންމުކަމެއްކަމަށެވެ. ޞިއްޙީ ނިޒާމަށް ދިމާވެފައިވާ އަދި ދިމާވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، ހުރިހާ ރަށެއްގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރެވިގެންކަމަށާއި އެގޮތުން މިކަން ކުރުމަށް އާންމުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާއިމް ކުރެވިފައިވާ އާސަންދަ ނިޒާމު ފުޅާކޮށް ހަރުދަނާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ކުރިއަށް އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކައި، ދުންފަތުން ރައްކާތެރިކުރުމަށް، ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރުވެސް ބޭސްފަރުވާއާއި ސިއްޙީ ޚިދުމަތް ލިބުމުގެ ފުރުޞަތު ފުޅާކުރުމާއި އަދި ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓް ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި