1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޝައިޚު ފަރީދަކީ ޚުލްޤު ހެޔޮ، އަޅުވެރިއެއް، ދީނީ ކަންކަމުގައި އަދާކުރެއްވި ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

sheu (1)
ޝައިހު ފަރީދު ބޭރުއިސްލާމީ ގައުމެއްގެ ހާލުގައި ޖެހިފައިވާ ޓެންޓްތަކަށް ޒިޔާރަތް ކުރުމުގެ ތެރެއިން،---ފޮޓޯ:އެފްބީ
މަރްޔަމް ޝަފާ ސައީދު
2,134ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝެއިޚް ފަރީދު އަދާކުރެއްވި ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައެވެ. އަދި އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށް ފާހަގަކުރެއްވިއެވެ.

ޝެއިޚް ފަރީދު ނިޔާވެވަޑައިގަތީ މިއަދު މެލޭޝިޔާގައި ކުއްލި ގޮތަކަށެވެ. އެއާޕޯޓަށް ފައިބާވަޑައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިވަޑައިގެން، ފަރުވާ ދެމުން ދަނިކޮށެވެ. މެލޭޝިޔާއަށް ވަޑައިގެންނެވީ ބައްދަލުވުމަކަށް ކަމަށް ވެއެވެ.

300 × 250

https://twitter.com/MMuizzu/status/1932100154884317688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1932100154884317688%7Ctwgr%5Ebbc01a6074054defc5ab84176f24dcedf0081d07%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F6427

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝެއިޚް ފަރީދު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ. އަދި މަރްޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ޝެއިޚް ފަރީދަކީ ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭކަލެކެވެ. އެ މަނިކުފާނު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބު ލިބިގެން ދިޔަ ދަރުސްތަކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި