ކެރަލާ ހައިކޯޓުން ވަނީ ލަކްޝަދީބުގެ ސްކޫލްތަކުގެ މަންހަޖުން އަރަބި އަދި މަހަލް (ދިވެހި) ބަސް އުނިކުރުމަށް އެ ޔޫނިއަން ޓެރިޓަރީގެ ތައުލީމީ ޑިޕާޓްމަންޓުން ނެރުނު އަމުރު ވަގުތީގޮތުން ހުއްޓުވައިފައެވެ. މި ނިންމުން ނިންމާފައިވަނީ ޗީފް ޖަސްޓިސް ނިތިން ޖަމްދާރު އަދި ޖަސްޓިސް ބަސަންތު ބަލާޖީ ހިމެނޭ ބެންޗުންނެވެ.
ކޯޓުން ނިންމާފައިވަނީ ބަހަކާ ގުޅޭ ބަދަލުތައް ގެނައުމުގައި އަވަސްއަރުވައިގެން ނުވާނެ ކަމަށާއި، އެފަދަ ބަދަލުތައް ގެންނަންވާނީ އެކަށީގެންވާ ދިރާސާތަކެއް ކުރުމަށްފަހު، އަދި ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ލަކްޝަދީބުގެ ތައުލީމީ ޑިޕާޓްމަންޓުން 14 މެއި 2025 ގައި ނެރުނު އަމުރުގައި ބަޔާންކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ގައުމީ މަންހަޖުގެ އޮނިގަނޑުގެ ދަށުން އަރަބި އަދި މަހަލް (ދިވެހި) ބަސް އުނިކުރުމަށެވެ. މި އަމުރުގެ ދަށުން މިނިކޮއިގެ ހުރިހާ ސްކޫލްތަކެއްގައި ފުރަތަމަ އަދި ދެވަނަ ބަހެއްގެ ގޮތުގައި މަލަޔާލަމް އަދި އިނގިރޭސި ކިޔަވައިދޭން ޖެހޭނެ ކަމަށާއި، ތިންވަނަ ބަހެއްގެ ގޮތުގައި މަހަލް އަދި އަރަބި ބަހުގެ ބަދަލުގައި ހިންދީ ކިޔަވައިދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.