ފައިސާ ޓްރާންސްފަރ ކުރުމަކީ މިހާރު އެންމެންވެސް ކުރާ ކަމެކެވެ. އެކައުންޓް ނަންބަރު ނުވަތަ ކާޑު ނަންބަރު ޗެކްކޮށްލަން ހަނދާން ނެތިގެން އެތައް ބައެއްގެ ފައިސާ ގެއްލިފައިވާއިރު، ފައިސާ ޓްރާންސްފަރ ކުރާއިރު ސަމާލުވާންޖެހޭ އެތަށް ކަންކަމެއް އެބަހުއްޓެވެ. އެގޮތުން ފައިސާ ޓްރާންސްފަރ ކުރާއިރު ސަމާލުވާންޖޭހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- އެކައުންޓް/ކާޑު ނަންބަރު ރަނގަޅަށް ޗެކްކުރުން
- ފައިސާ ލިބެންވީ ފަރާތުގެ ނަން ކަށަވަރުކުރުން
- ފައިސާގެ އަދަދު ރަނގަޅުތޯ ބެލުން
- ޓްރާންސްފަރ ކުރުމުގެ ކުރިން ހުރިހާ މަޢުލޫމާތެއް ދެފަހަރަށް ޗެކްކުރުން
ނުބައި އެކައުންޓަކަށް ޓްރާންސްފަރ ކޮށްފިނަމަ، އަނބުރާ އެ ފައިސާ ހޯދުން ވަނީ މިހާރު ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. ފައިސާ ޓްރާންސްފަރ ކުރުމުގައި ހުރިހާ ބޭފުޅުންވެސް އަބަދުވެސް ރައްކާތެރިވުމަށް ރާއްޖޭގެ ބޭންކުތަކުން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ފައިސާ ލިބެންވީ ފަރާތުގެ ނަން ރަނގަޅުތޯ ބެލުމުގެ އިތުރުން އެއްވެސް ހާލެއްގައި އެކައުންޓް ލޮގިން ޑީޓެއިލްސް އެހެން ފަރާތަކާ ހިއްސާނުކުރުން ހިމެނެއެވެ. އެމްއައިބީ އަދި ބީއެމްއެލް އިން އަބަދުވެސް އިލްތިމާސް ކުރަނީ ޝައްކުކުރެވޭ މެސެޖެއް ނުވަތަ ލިންކެއް ލިބިއްޖެނަމަ އެއަށް ރެސްޕޮންޑް ނުކުރައްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވުމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.