ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.
މިއަދު ހަވީރު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެފްޑީސީގެ އިސްވެރިން ރައީސަށް މަރުހަބާ ދެންނެވިއެވެ. ރައީސް ވަނީ ހައުސިން ޔުނިޓުތަކުގެ ޓަވަރުތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ބައެއް ޓަވަރުތަކަށް ވަދެވަޑައިގެން މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ސަރުކާރުން އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ފެށި މި މަޝްރޫޢުގެ މަސައްކަތް، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ނުނިމި އޮތްއިރު، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ގިނަ ޔުނިޓުތައް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.