ފުޓުބޯޅަ ކުޅެން ހުއްޓާ ކުއްލިގޮތަކަށް ފުލުހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ކުޅެން ހުއްޓާ ނިޔާވެފައިވަނީ، ނ،ރ،ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިސްމާއީލް ނަދީމްއެވެ.
ނަދީމް ނިޔާވެފައިވަނީ، އޭދަފުށީގައި ހިންގާ ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލައިގެން އިއްޔެ ފެށި މުބާރާތުގައި ރޭ ބ. އޭދަފުށީގައި ކުޅުނު މެޗުގެ ތެރެއިން ކުއްލިއަކަށް ވެއްޓިގެން ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކުޅެން ހުއްޓާ ދަނޑަށް ވެއްޓުމުން ނަދީމަށް އެންމެ ފުރަތަމަ އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭ ދަންވަރު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ވަނީ ފޮނުވާލާފައެެވެ.
އޭދަފުށީ ހޮސްޕިޓަލްއިން މައުލޫމާތު ދެއްވި ގޮތުގައި އޭނާ ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހުމުގެ ސަބަބުންނެވެ. އަދި އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށް އޭނާގެ މެޑިކަލް ރިޕޯޓުތަކުން ދައްކާ ކަމުގައި އެހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.