އިނގިރޭސިވިލާތުގެ ވޮންޑަރލަސްޓް މެގަޒިން އިން ކުރިއަށް ގެންދާ ވޮންޑަރލަސްޓް ރީޑަރ ޓްރެވެލް އެވޯޑަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ރާއްޖެ ވަނީ މި ފަހަރު ދެ ކެޓަގަރީއަކުން މި އެވޯޑަށް ނޮމިނޭޓްވެފައެވެ. އެއީ 'އެންމެ ހިތްއެދޭ ޤައުމު' އަދި 'އެންމެ ހިތްއެދޭ ރަށްތައް' މި ދެ ކެޓަގަރީއެވެ.

މި ދެ ކެޓަގަރީން ރާއްޖެއަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވޯޓު ދިނުން އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރު ވޮންޑަރލަސްޓް މެގަޒިންގެ ޓްރެވެލް އެވޯޑަށް 200،000 އަށްވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށް އެ މެގަޒިން އިން ބުނެއެވެ.

މި އެވޯޑް ހަފްލާ އޮންނާނީ މިއަހަރު ފަހުކޮޅު އިނގިރޭސިވިލާތުގައެވެ.