މިސަރުކާރު ފެއިލްވީ އެމްޑީޕީގެ އާންމު މެމްބަރުން ލަދުގަންނަން ޖެހޭ މިންވަރަށް ކަމަށާއި އެކަމުގެ ޒިންމާ ރައީސް ނަޝީދާއި އެމްޑީޕީ ލީޑަރޝިޕް ނަންގަވަން ޖެހޭނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިސަރުކާރު ފެއިލްވީ އެމްޑީޕީ އާންމު މެމްބަރުން ލަދުގަންނަން ޖެހޭ މިންވަރަށް ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ނަޝީދާއި އެމްޑީޕީ ލީޑަރޝިޕް ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި 2018 ގައި ބޭއްވުނު ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެންގެވުމުގައި އެމްޑީޕީއިން ބަލާފައިވާ މިންގަނޑަކީ، މީހާގެ ނާޤާބިލްކަމާއި، އޭގެ އެންމެ ބޮޑު މަޤްސަދަކީ ދައުރުގެ މެދުތެރެއިން ރައީސް ނަޝީދަށް ސިޔާސީ އެނބުރިއައުމެއް ހޯދައިދިނުން ކަމަށެވެ.
https://twitter.com/maleehjamal/status/1452864431201734657
މަލީޙް މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ބައްދަލުކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ޚިޔާލުބަދަލު ކުރައްވާފައިވަނިކޮށެވެ.
މިފަހަކަށް އައިސް މަލީހް ގެންދަވަނީ މިސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.