1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހު ހުޅުވަނީ

420402_3_ffd79903ce66f8939f6dab776da92c4e769135a0_large
ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް... ފޮޓޯ: އެޗްޑީސީ
އާމިނަތު ޝަޒްލާ
172ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހުގެ 26 ގައި ހުޅުވަން ނިންމައިފިވާ ކަމަށް "ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން" އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ މިހާރު އެ ކޯޓު ހިންގަމުންދާ އިމާރާތުގައި ހިންގަމުންދިޔަ ބައެއް ސެކްޝަންތައް ބޭނުން ކުރަމުން ނުދެއެވެ. އެ ކޯޓުގައި ޖުމްލަ 11 ސެކްޝަނެއް ހިންގަމުންދިޔަ ނަމަވެސް، މިހާރު ހަ ސެކްޝަނެއް ވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމަރާތަށް ބަދަލުކޮށްފައެވެ.

300 × 250

އެ އިމާރާތަކީ ހުޅުމާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރަމުންދާ އިމާރާތެކެވެ.

މި އިމާރާތް ހުޅުވުމާއެކު، މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރަން ވަނީ ނިންމައިފައެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެފައިވުމުން، އެތަނުގެ ބައިތައް ވެއްޓޭތީ، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރަން ވެސް ކުރިން އުޅުނެވެ. އަދި އެގޮތަށް ނިންމީ އެތަނުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑުވުމުންނެވެ.

ނަމަވެސް ފަހުން ސަރުކާރުން ނިންމީ ކޮވިޑް ހޮސްޕިޓަލް އެއްކޮށް މަރާމާތުކުރުމަށް ފަހު އެތަނަށް ކޯޓު ބަދަލުކުރުމަށެވެ.

ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި