މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށާއި، އޮފިސަރުންނަށް ކޮއްތު ފޯރުކޮށްދޭ ފަރާތްތަކަށް 30 މިލިއަނެއްހާ ރުފިޔާ ނުދެވި އޮތްކަމަށް ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީން ހާމަކޮށްފިއެވެ.
މި މައްސަލަ ހާމަވެގެން ދިޔައީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ އެކި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީން ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ މާލީ ހިސާބުތައް ދިނުން ލަސްވަމުންދާ މައްސަލައާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، ކަރެކްޝަނަލް ސާވިސްއާ މުއާމަލާތްކުރެވޭތާ ދުވަސްތަކެއް ވެގެން ގޮސްފައިވީ ނަމަވެސް، މާލިއްޔަތު ކޮމިޓީން ބޭނުންވާ ސުވާލުތަކަށް އެ އިދާރާއިން ޖަވާބު ދެއްވާފައި ނުވެއެވެ. އަދި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ މާލީ ހިސާބުތައް އޮޑިޓްކޮށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާކަމަށް ބުނާއިރު، އެ ހިސާބުތައް މަޖިލީހާ ހިއްސާކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.