1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ޑްރައި ކަޕިންގ އަދި ނީޑްލިންގގެ ޚިދުމަތް ތަޢާރަފްކޮށްފި

82273DDE-D21F-466A-A4D2-1611E5FB3AF3
ހުވަދޫ ނިއުސް ޓީމް
567ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ްޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ޑްރައި ކަޕިންގ އަދި ޑްރައި ނީޑްލިންގގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްޕޯޓްސް ރިހެބިލިޓޭޝަންގެ ހާއްސަ ޑްރައި ކަޕިންގ އެންޑް ޑްރައި ނީޑްލިންގގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުގެ ފަރާތުން ތައާރަފް ކުރާ ޑްރައި ކަޕިންގ އެންޑް ޑްރައި ނީޑްލިންގ ހިދުމަތުގެ އެހީގައި ހަށިގަނޑުގެ ތަދު ކުޑަވެ ހަރުވެފައިވާ މަސްތަކަށް އެހީލިބި ހަށިގަނޑުގައި ލޭދައުރުވުން ފަސޭހަވެގެންދެއެވެ.

300 × 250

ޑްރައި ކަޕިންގ ހެދުމުގައި ޕްލާސްޓިކް ސަކްޝަން ކަޕްސް ބޭނުންކުރެވިގެންދާނެއެވެ. އަދި މި ސަކްޝަން ކަޕްސް ތަކުގެ އެހީގައި ތަދު އިހުސާސް ކުރެވޭ ދިމަދިމާލުގައި ލޭދައުރު ކުރުންފަސޭހަކޮށްދެވިގެންދެއެވެ. ޑްރައި ނީޑްލިންގ ހެދުމުގައި ބޭނުންކުރާނީ އެކިއުޕަންޗަރ ނީޑްލްސްއެވެ. އަދި  މި ހިދުމަތް ދެވޭނީ ހަށިގަނޑުގެ މަސްކިއުލޮސްކެލެޓަލް ސިސްޓަމްގެ ސޮފްޓް ޓިޝޫތަކަށް ނީޑްލްސް ލައްވައިގެނެވެ.

3B181AD5-72DB-44B7-B370-191A4D875AE0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ހިމެނެއެވެ. މި ޑިޕާޓްމަންޓަކީއަނިޔާއަކަށް ނުވަތަ ބައްޔަކަށްފަހު މީހާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީވުމުގައި ހާއްސަޓީމެއް ހަރަކާތްތެރިވާ ޑިޕާޓްމަންޓެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޑްރައި ކަޕިންގ އަދި ޑަރައި ނީޑްލިންގގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހުންނަވާ ސިއްހީ މާހިރަކީ ޗީފް ފިޒިއޮތެރަޕިސްޓް، ވިމާލް ރަފައެލް އެވެ. ވިމާލް އަކީ އިންޑިއާގެ ޕީ.އެސް.ޖީ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރިސާޗް،  ޑރ. އެމްޖީ.އާރް މެޑިކަލް ޔުނިވާސިޓީގައި ބެޗެލަރޒް އިން ފިޒިއޮތެރަޕީ ހަދައިފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ފިޒިއޮތެރަޕީގެ ދާއިރާގައި 8 އަހަރަށްވުރެ ގިނައިން މަސަތްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުންއަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު  އާޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި