1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ކުރުބާގެ ރާނީގެ ވާހަކަ އަޑުއެހިންތަ؟

2
ހުވަދޫ ނިއުސް ޓީމް
834ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރުބާގެ ރާނީއެއްގެ ވާހަކަ އަޑުއެހި މީހަކު ވޭބާވައެވެ؟ މިއީ ވަރަށް އާދަޔާ ޚިލާފު ވާހަކައެކެވެ. ކުރުބާގެ ރާނީއެއް ހުރެދާނެޔޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. މިފަދަ ވިސްނުމަކުން ބަލާއިރު ކުރުބާގެ ރަސްގެފާނެއް ހުރުމަކީ ވެސް އެކަށީގެން ވެއެވެ. ދިވެހިންނަކީ ކޮންމެ ކަމެއްގައިވެސް ޚިޔާލުތަނަވަސް ބަޔެކެވެ. މިއީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. މިދުވަސްކޮޅުގައި، ދިވެހިރާއްޖެއަށް ހިޖުރަކުރި ގުޑުގުޑާ ދޫނި ބްރޭންޑަކަށް ބައެއް ފަރާތްތަކުން ހަދައި އިޝްތިހާރުކޮށްފައިވާއިރު، މިފަހަރު މިފެނުނީ މުޅިން ތަފާތު ކުރުބާގެ ރާނީއެއްގެ ވާހަކައެވެ. މިއީ އަމިއްލަ ފަރާތަކުން، ސޯޝަލް މީޑިޔާގައި، ވިއްކުމަށް ޖަހާފައިވާ ޖާފާނު ދޮން ރުކުގެ އިޝްތިހާރެއްގެ ވާހަކައެވެ. މިއީ އެހެން ލެވެލް އެއްގެ އިޝްތިހާރެކެވެ. ކޮންމެއަކަސް، އިޝްތިހާރު ޖެހިފަރާތުގެ ހަޤީޤީ ބޭނުން ވަރަށް ފުރިހަމަޔަށް ފުދިއްޖެ ކަމަށް ޤަބޫލުކުރެވެއެވެ. އިޝްތިހާރެއްގެ ބޭނުމަކީ، ގިނަބަޔެއްގެ ސަމާލުކަން އެއަށް ދަމައިގަނެ، ވިއްކާ އެއްޗެއް ނަމަ، އެގަތުމަށް އެހެން ފަރާތްތަކުގެ ހިތް ޖެއްސުމެވެ. މިހިސާބުން މިއިޝްތިހާރުގައި ވާއެއްޗެއް ބަލާލަމެވެ. އިޝްތިހާރުގައި ހިމަނާފައިވާ މައުލޫމާތު އުނިއިތުރެއް ނުގެނެސް ހިމަނާލަމެވެ.

ކުރުނބާގެ ރާނީކަމުގައި ބެލެވޭ މަނަދޫ ދޮންޖާފާނު ރުކެއް ހަމަ ކޮންމެ ރަށެއްގެ ކޮންމެ ގެއެއްގައި ހައްދަންވީ ކީއްވެ؟ މިއީ މުސްތަގުބަލަށްޓަކައި ކުރެވޭ ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެތީ. ދިރޭ މުދަލެއް!

#ރުކުގެ ސައިޒުކުޑަ #ހައްދަން ފަސޭހަ #އަވަހަށް ފޯދޭ #އަތްފޯރާފަށުގަ ކުރުނބާއިހާ #ސިއްހީ ފައިދާތައް #ކުރުނބާގެ ބޮނބިތުނި #ފެންފޮދާ ހެވާ މީރު #އިހަލެއްގައި ބައިވަރު ކުރުނބާ #ރަނގަޅު އަގުގައި ކުރުނބާ ވިއްކާލެވޭ

300 × 250

ފަތުރުވެރިންގެ މެދުގައިވެސް މި މުޑުވަކުގެ ކުރުނބާ ވަރަށް މަގުބޫލު

ދޮންޖާފާނު ކުދިރުއް މިހާރު ހުޅުމާލޭން ލިބެންއެބަހުރި. މާލެ، ހުޅުމާލެ، ރަށުބޯޓާ ފެރީއަށް ފްރީ ޑިލިވަރީ

އަގު: -/195 ރުފިޔާ

1


ބައްލަވައިގަތުމަށް ގުލޭނެ ނަންބަރުވެސް ހިމަނާފައިވާއިރު، ވަރަށް ފުރިހަމަޔަށް ގަންނަންޖެހޭ ސަބަބު، ލިބޭ ފައިދާތަށް ވަރަށް ފުރިހަމަޔަށް ކިޔާދީފައި ވެއެވެ.

300 × 250

ކުރުބާގެ ރާނީ ދެކިލަން ބޭނުން ނަމަ، އިޝްތިހާރުގައި ބުނާ ބާވަތުގެ ރުކެއް ބައްލަވައިގެން ބައްދަލުކުރެވިދާނެއެވެ. ނަމަވެސް ކުޑަ އިންތިޒާރެއް ކޮށްލަންޖެހޭނެއެވެ. ރުއް އިންދައި، ރުކުން ކުރުބާ ލިބެންދެން ޖެހޭނީ މަނޑުކޮށްލާށެވެ. ރުއް އިންދައިގެން އެރުކުން ލިބޭ ކުރުބާ މަނަދޫ ދޮންޖާފާނު ރުކުގައި އަޅާފަދަ ދޮން މީރު ކުރުބާ ނުވެއްޖެ ނަމަ ނުވަތަ ރުއް ދިވެހި ރުކަކަށް ބަދަލު ވެއްޖެނަމަ، ރީފަންޑް ލިބޭނެ ވާހަކަ އޮތް ނަމަ އިތުރަށް އިޝްތިހާރު ފުރިހަމަވީހެވެ. ކުރުބައިގެ ރާނީގެ ބަދަލުގައި، އާއިލީ މެމްބަރަކާއި ދިމާވެއްޖެ ނަމަ ވާނީ ކިހިނެއްބާއޭ ހިތައް އަރައެވެ. ނުވަތަ ސީދާ ކުރުބާގެ ރަސްގެފާނު އަންނަ ކަހަލަ ރުކެއް އެބަހުރިތޯ ވެސް ބަލާލަން ބޭނުންވެއެވެ.

ކޮންމެއަކަސް މިއީ ވަރަށް ޚިޔާލު ތަނަވަސް ފަރާތަކުން ކޮށްފައިވާ އިޝްތިހާރެއް ކަމުގައި ބެލެވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި