1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

އައުރަ ނިވާކުރުމަކީ ކުޅިވަރުތަކުން އެއްވެސް މީހަކު މަހުރޫމްވާ ކަމެއް ނޫން

2
ފޮޓޯ: ސްފައިސް
ހުވަދޫ ނިއުސް ޓީމް
786ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައުރަ ނިވާކުރުމަކީ ކުޅިވަރުތަކުން އެއްވެސް މީހަކު މަހުރޫމްވާންޖެހޭ ކަމެއް ނޫނެވެ. އައުރަ ނިވާކޮށްގެންވެސް، ކުޅިވަރު ކުޅެވިދާނެއެވެ.

ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ސްފައިސް) އިން ފިޔޯރީ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރާއި ގުޅިގެން ، 25 ޑިސެމްބަރ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފަރެސްމާތޮޑާ ދާއިރާ އިންވިޓޭޝަނަލް ވޮލީބޯލް ކަޕް 2021 " އަށް ތައްޔާރުވުމުގެ ގޮތުން ، ރަތަފަންދޫ އަންހެން ވޮލީ ޓީމާއި ، ފިޔޯރީއިން ހޮވާލެވުނު އަންހެން ޓީމާކާއި ދެމެދު 21 އޮކްޓޯބަރ 2021 ވީދުވަހުގެ ހަވީރު ފިޔޯރީގައި ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.


300 × 250

1

މިމެޗުގައި ބައިވެރިވި، ރަތަފަންދޫ ޓީމްގައި ކުޅުނު 3 ކުޅުންތެރިންނަކީ މޫނު ބުރުގާ އަޅައި ރަނގަޅަށް އައުރަ ނިވާކޮށްފައިވާ ފަރާތްތަކެވެ. މިކުޅުންތެރިން ދައްކުވައިދީފައި ވަނީ ވަރަށްވެސް ރީތި މިސާލެކެވެ. ރަނގަޅަށް އައުރަ ފޮރުވައިގެންވެސް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެވިދާނެކަން މި 3 ކުޅުންތެރިންވަނީ ސާބިތުކޮށް ދީފައެވެ، އަދި އައުރަ ފޮރުވުމަކީ ކުޅިވަރުތަކުން އެކަހެރިވާންޖެހޭ ކަމެއް ނުންކަންވެސް މި 3 ކުޅުންތެރިންވަނީ ދައްކާފައެވެ. ފިޔޯރީއާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗުން ފިޔޯރީ  ވަނީ މޮޅުވެފައެވެ.

3

ކުޅިވަރުކުޅުނު ކަމުގައި ވިޔަސް، އައުރަ ފޮރުވުމަކީ އަހަރަމެން މުސްލިމުންނަށް ވީތީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކުޅިވަރުގެ ތެރެއިންވެސް، އަދި މުޖުތަމަޢު ތެރޭގައި އުޅޭއިރުވެސް އަޅުގަނޑުމެންގެ ހެދުން އެޅުމާއި، އުޅުން އިސްލާމްދީނުގެ ގިޔުގަނޑުގެ ތެރޭގައި ބެެހެއްޓުމަކީ މުހިންމު ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި