1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ދެ ގައުމުގެ މުސްތަގުބަލަށް ސާފު ބިންގަލެއް އެޅިއްޖެ: ރައީސް

19
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު އަޚްތަރު
231ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ދެ ގައުމުގެ މުސްތަގުބަލަށް ސާފު ބިންގަލެއް އެޅިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ފައިދާހުރި މަޝްވަރާތަކެއް ކުރެވި، މުހިންމު ދާއިރާތަކުގައި 4 އެމްއޯޔޫ އަދި 3 އެއްބަސްވުން ބަދަލު ކުރެވުނެވެ. މީގެ އިތުރުން ދެ ގައުމުގެ މެދުގައި ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ވެސް ފެށިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކޮށް، ރަސްމީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ސްޓޭމްޕެއް ނެރެ، އިންޑިއާގެ އެހީތެރިކަމާއެކު ތަރައްގީގެ މުހިންމު މަސައްކަތްތަކެއް އިފްތިތާހު ކުރިން. މިއީ ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ މުސްތަގުބަލަށް ވަރަށް ސާފު ބިންގަލެއް އެޅިފައިވާ މުހިންމު ދަތުރެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

300 × 250

https://twitter.com/MMuizzu/status/1949089639328780350?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1949089639328780350%7Ctwgr%5Ee79d1e4a901840b29b624c7b031eda9c3e89a13f%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1274045%2F

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފައެވެ. ފުރާވަޑައިގަތުމުގެ ކުރިން މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، މި ކާމިޔާބު ދަތުރުފުޅަށްޓަކައި ރައީސް މުއިއްޒަށާއި، ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ މެދުގައި 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމުކުރުމަށް މަގުފަހިކުރާ އެއްބަސްވުން ވެސް ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި