1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިނިވަން 60: ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޚާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

min
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ހަރަކާތްތަކެއް
މަރްޔަމް ޝަފާ ސައީދު
234ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިވަން ދުވަހާ ގުޅުވައިގެން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތަކުގައި މަރުކަޒުގައި މިވަގުތު ދިރިއުޅެމުންދާ 16 ފަރާތެއް ބައިވެރިވިއެވެ.

މިނިސްޓްރީ އޮފް ހެލްތު، އެޗްޑީސީ އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ފަރާތްތަކަށް ހޯދައިދިނުމެވެ.

300 × 250

ޕްރޮގްރާމުގެ ތެރެއިން މަރުކަޒުގައި ތިބި ފަރާތްތަކަށް މިނިވަން 60 އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ދެވުނެވެ. އަދި އާއިލާގެ ފަރާތްތަކާއެކު ވަގުތު ހޭދަކުރުމާއި، ހުޅުމާލޭގައި ކުރިއަށްދިޔަ ފުޅަނދު ބުރު ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.

މި ޕްރޮގްރާމަށް ފުލުހުންނާއި ނަރސަސް އެސޯސިއޭޝަން، އަލްޒެއިމާސް އެސޯސިއޭޝަން އަދި މެންޓަލް ހެލްތު ފައުންޑޭޝަންގެ އެހީތެރިކަން ލިބިފައިވެއެވެ. މި ހަރަކާތްތަކުގެ އަމާޒަކީ މުޖުތަމަޢަށް އަނބުރާ ގެނެވޭ ހާލަތުގައި ތިބި ފަރާތްތައް މުޖުތަމަޢަށް އަހުލުވެރިކުރުވުމެވެ.

1976 ވަނަ އަހަރު ގާއިމުކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި