1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެޗްއާރުސީއެމްގެ މެންބަރަކަށް ޝަފީގު އައްޔަން ކުރަން ފާސްކޮށްފި

big_fXt2cGxq6qaJMJqUEFT9Juhke
ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް އައްޔަން ކުރަން މަޖިލީހުން ރުހުންދިން މުޙައްމަދު ޝަފީގު މަޙުމޫދު... ފޮޓޯ: މަޖިލިސް
އާމިނަތު ޝަޒްލާ
147ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަފީގު އައްޔަނު ކުރަން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 65 މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ހަމަވާތީ، އެ މަގާމުތަކަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ނަމެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.


300 × 250

މުއްދަތު ހަމަވަނީ ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މަގާމުގެއެވެ.


އެޗްއާރްސީއެމުން ހުސްވާ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅުންގެ ނަންތަކެވެ. އެގޮތުން އެމަނިކުފާނު ފޮނުއްވާފައިވަނީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ، އާއި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި