1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ކާސާ މިއާއަށް ކުއްޔަށް ދީފައިވާ 2 ބިމުން 2.2 މިލިއަން ރުފިޔާ މަތިވެރި ކައުންސިލަށް ލިބިފައިނުވޭ: އޮޑިޓް ރިޕޯޓް

cas
އއ. މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސް
މަރްޔަމް ޝަފާ ސައީދު
219ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓުން، އއ. މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ 46،880 އަކަފޫޓުގެ ދެ ބިމުގެ ކުލީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ކައުންސިލަށް ލިބިފައެއް ނުވާ ކަން ހާމަވެއްޖެއެވެ.

https://audit.gov.mv/AR2967 ( އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓު)

މި ބިންތައް އެންމެ ފުރަތަމަ ކުއްޔަށް ހިފި އަބްދުއް ރައްޒާގް، ބިމުކުއްޔާއި ޖޫރިމަނާ އަދި ސީއެސްއާރުގެ ގޮތުގައި ޖުމްލަ 2.6 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު، މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ދައްކާފައިވަނީ 800،000 ރުފިޔާއެވެ.

300 × 250

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބިންތައް 2012 އަދި 2014 ވަނަ އަހަރު ގެސްޓްހައުސް ތަރައްގީކުރުމަށް ދޫކޮށްފައިވަނީ، އެއީ ފަތުރުވެރިކަން ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދެއް ނޫން ކަމުގައި ވަނިކޮށެވެ. އަދި ފަހުން މި ބިންތަކުގެ އެގްރީމެންޓް ރިޗް ކްލަބް މޯލްޑިވްސްއަށް ބަދަލުކުރެވުނު ނަމަވެސް، ކައުންސިލަށް ނުދައްކާ އޮތް 2.2 މިލިއަން ރުފިޔާ ހޯދުމަށް މާލިއްޔަތު ގަވާއިދުގައިވާ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ.

ކުރީގެ ސަރުކާރުން ވަނީ ކައުންސިލަށް އެނގުމަކާ ނުލައި 50 އަހަރަށް ރިޗް ކްލަބް މޯލްޑިވްސްއަށް އެތަން ކުއްޔަށް ދީފައެވެ. ނަމަވެސް މިހާރު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކާސާ މިއާ ގެސްޓްހައުސް އަލުން މަތިވެރީ ކައުންސިލާ ހަވާލުކުރުމަށް ނިންމައި، ޓޫރިޒަމް މިނިސްޓްރީން އެކަމުގެ ލިޔުން ކައުންސިލާ ހަވާލުކޮށްފައެވެ. މިކަމާ ގުޅިގެން ރިޗް ކްލަބުން ވަނީ ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތީ މަތިވެރީ މެޖިސްޓްރޭޓް ކޯޓަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަތިވެރީ ކައުންސިލުން ބުނެފައިވަނީ ނުލިބިވާ ކުލީގެ ފައިސާ ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި، ކާސާ މިއާ ގެސްޓްހައުސް ކައުންސިލަށް ލިބުމަކީ ރަށުގެ ތަރައްގީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި