1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް މުއިއްޒަކީ، ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ޒާތުގެ ބޭފުޅެއް ނޫން: ގާސިމް

yat
މަރްޔަމް ޝަފާ ސައީދު
357ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދުމަށް ސަރުކާރުން ވިލާ ކުންފުންޏަށް ބަދަލުދޭން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާ ފާޑުކިޔުންތަކަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވަނީ ރައްދުދެއްވާފައެވެ.

"ރައީސް މުއިއްޒަކީ ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ޒާތުގެ ބޭފުޅަކަށް ނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ އިމުގެ ތެރެއިން އެއްބަސްވެވޭ އެދެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެގޮތަކަށް އަމަލުކުރެއްވުމެވެ،" ގާސިމް ވިދާޅުވިއެވެ.

https://twitter.com/qasimibrahim/status/1959309456904454387?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1959309456904454387%7Ctwgr%5E255879642815763bb5d276d5b9db30c11a60c0bd%7Ctwcon%5Es1_&ref_url=https%3A%2F%2Ffiyaonline.com%2F123375

300 × 250

"2013 ވަނަ އަހަރުން ފެށިގެން އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވަމުން ދިޔައީ ސަރުކާރުގެ ސަބަބުން،" ގާސިމް ވިދާޅުވިއެވެ. އަދި ކުންފުންޏަށް ފައިދާވާނެ ގޮތަކަށް، ރަނގަޅު އެއްބަސްވުމަކާއެކު އެއާޕޯޓު ސަރުކާރަށް ދޫކޮށްލުމަށް ހުށަހެޅީ، މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި ޚަރަދުތަކަށް ރިއާޔަތްކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ޔާމީން ދައްކަވާފައިވާ ވާހަކަތަކަކީ ޒާތީ ހަސަދައިގެ ސަބަބުން ކުންފުނީގެ އަގު ވައްޓާލުމަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ޔާމީން ވަނީ ގާސިމާއި އާއިލާއަށް އަމާޒުކޮށް ގާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

"ތިމާ މީހަކަށް ހެދި އެއްބަފާ ބޭބެ އަދި ދިވެހި ގައުމަށް އެތަކެއް ހިދުމަތްތަކެއް 30 އަހަރު ކުރެއްވި ރައީސް މައުމޫންއާއި، އެމަނިކުފާނުގެ ދަރިން ޖަލުގައި ބަންދުކުރި މީހަކު އެނޫން ދުރުތިބީންނާއި އާންމުންނާ މެދު ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނުވާނެ،" ގާސިމް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި