1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީއަށް

hyh
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީ އާ ރަސްމީކޮށް ހަވާލު ކުރުން
މަރްޔަމް ޝަފާ ސައީދު
174ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ފްރޭމްވަރކް އެއްބަސްވުމުގައި ސޮއިކުރެވުނީ ހދ. ހިރިމަރަދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. މި އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ޚާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމުގެ ކަންކަންވެސް ހިމެނޭނެއެވެ.

ހދ. ހިރިމަރަދޫގައި އާބާދީ ކުޑަވުމުގެ ސަބަބުން ރަށަށް އެކަށީގެންވާ ތަރައްޤީ ނުލިބޭކަން ވަނީ ފާހަގަކުރެވިފައެވެ. ރަށުގައި އާބާދީގައި 500 އެއްހާ މީހުން ތިބިއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ. ރަށުގައި މިހާރު ދިރިއުޅޭ އެންމެންގެވެސް އެދުމަކީ، ރައްޔިތުންގެ ތަރައްޤީއާއި ހިތްހަމަޖެހުމަށްޓަކައި ރަށުގެ އާބާދީ، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމެވެ.

300 × 250

ރަށުގައި ދިރިއުޅޭ އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫގެ ކުދިބޮޑު އެންމެން އެކަމާ ކަންބޮޑުވެއެވެ. ޒުވާން އާބާދީއަށްވުރެ ދޮށީ އުމުރުގެ މީހުންގެ އާބާދީ އިތުރުވަމުންދާ މިރަށުގައި، ރަށުގެ އެކި ކަންކަމުގައި ބިދޭސީންނަށް ބަރޯސާވާންޖެހޭ ހާލަތަށް ކަންކަން ވަނީ ގޮސްފައެވެ. މިއީ ރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ ރައްޔިތުން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ.

ހިރިމަރަދޫގެ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ރަށުގެ އާބާދީ ބަދަލުކޮށްދިނުމަށެވެ. މީގެ ސަބަބުން އެކި ގޮތްގޮތުން ރަށުގެ ރައްޔިތުންނަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ރައްޔިތުން ދެކެއެވެ. ހިރިމަރަދޫގެ ހުރިހާ ރައްޔިތުން އެއްބަސްވެ، މިދިޔަ އަހަރު ވަނީ އެ ރަށުގެ ރައްޔިތުން ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފައެވެ. ރައްޔިތުންގެ ހުށަހެޅުން ބަލައިގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކޮށްދިނުމަށް ނިންމަވާފައެވެ.

މި މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރައްވަމުން ދާއިރު، ވީހާވެސް އަވަހަށް މަގުޗާޓު އެކުލަވާލައި އަމަލީ މަސައްކަތް ފެށޭނެކަމަށް އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި