1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މީހަކު ހުޅުމާލޭ ވޯޓަރޕާކް ސައިޓް ސަރަހައްދުން ފެނިއްޖެ

Abstract red background with scratch effect and minimal overlapp
މަރްޔަމް ޝަފާ ސައީދު
10,125ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ވޯޓަރ ތީމް ޕާކު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދު އަތިރިމަތިން ވަރަށްގަދައަށް ކުނިވަސްދުވާތީ ގޮސް ބެލިމީހަކަށް ފެނުނީ ފުރަތަމަ މަރާލާފައި އޮތް މީހާގެ އަތެކެވެ. މަރާލާފައި އޮތީ ވަރަށް ބޮޑަށް އަނިޔާކޮށް ކޮށާލާފައިކަމަށްވެސް އެސަރަހަައްދުގައި ހަރަކާތްތެރިވި މީހެއްގެ ފަރާތުން ވަނީ މައުލޫމާތުލިބިފައެވެ. އަދި ވަރަށް ބޮޑަށް އެހަށިގަނޑު އޮތީ ކުނިވެފައިކަމަށާއި ވަރަށް ގަދައަށް އެސަރަހައްދުން ކުނިވަސް ދުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ވޯޓަރ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި އަދި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ،

300 × 250

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މަރުވެފައި އޮތް މީހާގެ ވަނަވަރު އަދި މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުންނާ ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ވޯޓަރ ތީމް ޕާކެއް ތަރައްގީ ކުރުމުގެ މަޝްރޫއު ވަނީ ފާއިތުވި އަހަރު އިއުލާން ކޮށްފައެވެ. މި ސަރަހައްދަކީ މިވަގުތު ތަރައްގީ ކުރަމުންދާ ސަރަހައްދެކެވެ.

އިތުރުތަފްސީލު އަންނަނީ...

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި