1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާމެންދޫ ކައުންސިލް ރައީސްއާ ދެކޮޅަށް އެރަށު ޒުވާނުން މުޒާހަރާ ކުރަން ފަށައިފި

249911754_598025971408509_5596259221309301688_n
ސާއި ޢަލީ
1,530ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ މާމެންދޫ ޒުވާނުންތަކެއް ނުކުމެ އެރަށު ކައުންސިލްގެ ރައީސްއާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.

މިމުޒާހަރާގެ ބައިވެރިޔަކު ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން ބުނީ، މުޒާހަރާ ކުރަމުންދަނީ އެރަށު ކައުންސިލްގެ ރައީސް އެރަށުގެ ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހުރަސް އަޅާތީ ކަމަށާއި، އެގޮތުން އިންތިހާބު ތެރޭ ދައްކަވާފައިވާ ވާހަކަތަކާ ޚިލާފަށް ކައުންސިލްގެ ރައީސް ކަންތައް ކުރައްވާތީ އެކަމާ ދެކޮޅަށް އަޑު އުފުލައި ރައީސް ޒިންމާދާރު ކުރުވުމަށް ކަމަށެވެ.

އެގޮތުން މިމުޒާހަރާގެ ބައިވެރިން ވަނީ، ރައީސްގެ ހުދުމުހުތާރުކަން ދޫކޮށްލަން ގޮވާލައި، ޒުވާނުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި ޒާތްޒާތަށް ވާހަކަ ދައްކަވާ މައްސަލައިގައި އަޑުއުފުލާފައެވެ. އަދި އޭގެ އިތުރުން މާމެންދޫ ފުޓްބޯޅަ ދަނޑުގައި ހުންނަ ޗޭންޖިންގް ރޫމް  ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގުމަށް ދޫކޮށްލާފައިވާ މައްސަލައާ ގުޅޭ ގޮތުންވެސް ޒުވާނުން ވަނީ އަޑު އުފުލާފައެވެ.

300 × 250

މީގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް މިސްބާހް މުޖުތަބާ ކައުންސިލްގެ އިދާރީ މަސްއޫލިއްޔަތު ތަކުން އެއްވެސް ހަމަޖެހޭ ސަބަބަކާއި ނުލައި އެކަހެރިކޮށްފައިވާ މައްސަލައިގައިވެސް ޒުވާނުންވަނީ އަޑުއުފުލާފައެވެ.

މުޒާހަރާގައި ބައިވެރިވާ ޒުވާނުން މިވަގުތު މާމެންދޫ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވަމުންދާއިރު އެބައްދަލުވުމުން ކައުންސިލްގެ ރައީސް ނުކުމެގެން ގޮސްފައިވާ ކަމަށްވެސް މުޒާހަރާގެ ބައިވެރިޔަކު ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން ބުންޏެވެ.

 

 

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޙެ

    ވު

  • ޢޭއެމް

    ޥަރަށް ގާތުން އެބަބަލަން އެންގާ ޖައްސާލާގެން އުޅެނީ ސިވާސް އާއި ޝިއުނާ އާއި މިދެމީހުންގެ ކޮއްކޮ މިސްބާހް އާއި އެއީ އެއާއިލާ އާއި އެންގާ އާއި އޮންނަ ޒާތީ ހަސަދަވެރިކަމެއް ހީނުކުރޭ ބޭނުން ހާ އެއްޗެއް ހެދޭނެކަމަށް

ގުޅުންހުރި