1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޑަކުއްޖެއްގެ ގައިގައި ކޯނަކުން ޖެހި މީހަކު ހައްޔަރުކޮށްފި

photo_2021-11-08-13.28.21-850x548
ކުޑަކުއްޖާ ގައިގައި ކޯނަކުން ޖެހި މީހާ ހިފަހައްޓާލާފައި / ފޮޓޯ: ދެން މީޑީޔާ
ޢަޒީޒާ އަފީފް
910ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޑަކުއްޖެއްގެ ގައިގައި ކޯނަކުން ޖެހި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މަންޒަރުދުށް މީހަކު މީޑީޔާއަށް މައުލޫމާތުދިން ގޮތުގައި ސައިކަލުގައި އައި މީހަކު މަގުމަތީގައި ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް ނަގާ އެއްލާލީ އަންހެނަކާ ދިމާލަށް ކަމަށާއި އެވަގުތު އެއަންހެންމީހާ ހުރީ ތިން ހަތަރު އަހަރުގެ ކުޑަކުއްޖެއް އުރާލައިގެން ކަމަށެވެ. އެމީހާ އެއްލާލި ކޯނުގޮސް ޖެހުނީ އެކުއްޖާގެ ބޮލުގައެވެ.

މިހާދިސާ ހިނގާފައިވަނީ ހެންވޭރު ސަހަރާ ކައިރީގައެވެ.

300 × 250

އެވަގުތު އެސަރަހައްދުގައި ތިބި މީހުން ކޯނު އެއްލާލި މީހާ ހިފަހައްޓާ ފުލުހުންނާ ހަވާލުކުރިކަމަށް މަންޒަރު ދުށް މީހުން މައުލޫމާތުދިނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި