1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗައިނާގެ އެހީގަ ކުރިއަށްގެންދާ ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ސަފީރު

original_1757675418342
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ... ފޮޓޯ: ސޯޝަލް މީޑިއާ
އާމިނަތު ޝަޒްލާ
116ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޗައިނާގެ އެހީގައި ކުރިއަށްގެންދާ ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތިން މަޝްރޫޢުއެއް ކުރިއަށް ގެންދަން ސަރުކާރުން ސޮއިކޮށްފައިވެއެވެ. އެއީ ވިލިމާލޭގައި އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުއާއި، މާލެއާއި ވިލިމާލެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގައި ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަޝްރޫއެވެ.

300 × 250

މީގެ ތެރެއިން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެންމެ އަވަހަށް ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ. ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީ ކުރަން ނިންމާފައިވަނީ 112 އެނދުގެ ހޮސްޕިޓަލެކެވެ. ވިލިމާލޭގައި ހޮސްޕިޓަލެއް ތަރައްޤީވެގެން ދިއުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން 50 ކައުންސިލެއް ތަރައްޤީކުރުމަށް ކުރުމުގެ މަސައްކަތްވެސް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. މިމަސައްކަތް ކުރުމަށް ޗައިނާގެ ސާވޭ ޓީމެއް އައިސް ކުރަން ޖެހޭ ދިރާސާތައް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޗައިނާ ސަފީރު މި މަޝްރޫޢުތަކާއި ގުޅޭ އަދާހަމަތައް ހިއްސާކުރައްވާފައެވެ. ސަފީރު ވިދާޅުވީ މިމަޝްރުޢޫތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާާއި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި