މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. މިގޮތުން މިއަދު ހަވީރު 16:00 އަށް ހަމަވާގޮތަށް އޮތް މުއްދަތު ވަނީ ހޯމަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި މުއްދަތު އިތުރުކޮށްފައިވަނީ މީޑިއާތަކަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 353 މީޑިއާއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ. ނަމަވެސް ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން 18 ފަރާތެއް ވަނީ ލިސްޓުން އުނިކޮށްފައެވެ. އަދި އިތުރު 64 މީޑިއާ/ބްރޯޑްކާސްޓަރުން ވަނީ ލިސްޓަށް އިތުރުކޮށްފައެވެ. މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 6 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. މި ކޮމިޝަނަކީ އަލަށް ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.
މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް، އެއް ދުވަސް އިތުރު ކޮށްދީފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.