1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިގުރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއަރަށް ބަދަލުކޮށް، ކޮންވެޝަން ސެންޓަރެއް ޤާއިމު ކޮށްދޭނަން: ރައީސް

yu
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މަރްޔަމް ޝަފާ ސައީދު
104ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިގުރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރައްވާ، ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވުމުގެ ގޮތުން ކޮންވެންޝަން ސެންޓަރެއް ޤާއިމު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ދިގުރަށުގައި ހިންގާ މަގު ހެދުމުގެ މަޝްރޫޢާއި ސްކޫލުގެ އައު އިމާރާތަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ނުހަނު މުހިންމު ދެ މަޝްރޫޢު ކަމަށެވެ. "މި ދެ މަޝްރޫޢުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، ރަށުން ބޭރުން ޚިދުމަތްކުރާ މުވައްޒަފުންނަށް އެކަމަޑޭޝަން ބްލޮކެއް ޤާއިމުކުރެއްވުމާއި، ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރެއްވުން ހިމެނެއެވެ. އަދި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ކޮންވެންޝަން ސެންޓަރެއް ޤާއިމުކުރައްވާނެކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރު އޭޓީއެމްއެއްވެސް ބެހެއްޓޭނެކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށްޓަކައި، ރަށުގެ ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރައްވައި، މަދުވެގެން 50 ގޯތި ދޫކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. "މި ރަށުގެ ގޯތީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނަން،" ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިގުރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ދިގުރަށު ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އަދި ދިގުރަށު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދިގުރަށަކީ 50 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. އަދި މިއީ އަރިއަތޮޅު ދެކުނުބުރީގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އެއް ރަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި