އދ. ފެންފުށީގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. 117 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްޝަކޫރު އަދި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައިވާ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ސީޕީ (ރިޓަޔަރޑް) އަހްމަދު ސައުދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. "މަގޭ ސާފު ރާއްޖެ" ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި މިހާރު ހުރި އޮފީސް އިމާރާތް އިތުރަށް މަރާމާތުކުރުމާއި، ނުރައްކާތެރި ކުނި ރައްކާކުރާނެ ތަނެއް ގާއިމުކުރުމާއި، ވެއަރހައުސްއެއް ގާއިމުކުރުމާއި، ލޭންޑްސްކޭޕިންގ މަސައްކަތްތަކާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އދ. ފެންފުށީގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ފެންފުށީ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.