އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަން ރައްޔިތުންނަށް އެންގުން އެއީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއް ރީޓްވީޓް ކުރުމަށްފަހު ފިރުޝާން ވިދާޅުވީ، ރައްޔިތުންނަށް އުތުރު ތިލަފަޅު އެއްބަސްވުމުގައި ވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ތިއްބަވާ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުންނަށް އެނގޭފަދައިން އެންގުން ބޭނުންތެރި ކަމަށެވެ.
"ސާފުކޮށް އެބޭފުޅުންނަށް ވެސް އެނގޭއިރު އިންޑިއާ އާ ދޭތެރޭ ދެކެވޭ ވާހަކަތަކަށް ރައްޔިތުންނަށް ވަޒަން ކޮށްލެވޭނެ." ފިރުޝާން ވިދާޅުވިއެވެ.
https://twitter.com/husnfirey/status/1459459028925382663 ފިރުޝާން މިހެން ވިދާޅުވެފައިވާއިރު މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭ ކަމާއި، އިންޑީއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ބޭނުންތެރިކަމެއް ކަމުގައިވެސް ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.