އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މިއަދު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި، ޤަތަރުގެ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަހްލޫތްމެން ފަޚްރޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫ ގްރޫޕްގެ ސީނިއަރ މެނޭޖްމަންޓް ޓީމެއްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، "މި ބައްދަލުކުރެއްވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވުނު" ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އުރީދޫއާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އުރީދޫ ގްރޫޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނިކަން ފާހަގަކޮށްލެވެއެވެ. މި ބައްދަލުކުރެއްވުމުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނު އެއް ކަމަކީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ޚިދުމަތަކީ ފައިސާގެ މުޢާމަލާތްކުރުމުގައި ބައިނަލްއަޤްވާމީ މަންސަތަކުގައި ކުރިއަރާފައިވާ ޕްލެޓްފޯމެއްކަމަށްވާއިރު، މި ޚިދުމަތް ތަޢާރަފްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ ސަރުކާރުގެ ޑިޖިޓަލް އިޤްތިޞާދުގެ މުހިންމު އަމާޒަކަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތެކެވެ. އަދި އުރީދޫއިން ވިދާޅުވެފައިވަނީ މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އަންނާނެ އިންޤިލާބީ ބަދަލެއްކަމުގައެވެ.
ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.