މާލެ އަތޮޅު އެރިއަދޫއަށް ދަތުރުކުރަމުންދިޔަ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުންޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 38 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑު ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު ހެނދުނު 08:04 ގައި މޫދު އަޑިން ފެނިފައިވަނީ ގއ. ދާންދޫއަށް ނިސްބަތްވާ އަޙުމަދު ޝިފާންގެ ހަށިގަނޑެވެ. މި ހިތާމަވެރި ޙާދިސާއާ ގުޅިގެން މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. މި ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރި އިރު، އަދިވެސް 2 މީހުން ވަނީ ނުފެނިއެވެ. މި ދެމީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑައިވް ޓީމުން ދަނީ ކުރަމުންނެވެ. ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމު ކުރާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަދި ގެއްލިފައިވާ ދެމީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާ: ނިޔާވެފައި ވަނީ ގއ ދާންދޫ 38 އަހަރުގެ ޒުވާނެއް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.