މާލެ ސިޓީ ގްރޫޕްގެ ހޮސްޕިޓަލްތަކަށް ދާ ބަލިމީހުންނަށް އެހީތެރިވެ، މަރުޙަބާ ކިޔުމަށް 40 ޕޭޝަންޓް ސަޕޯޓު ކޯޑިނޭޓަރުން ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ. މި މަޤާމުތަކަށް މީހުން ހޯދަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރަށެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، މަހަކު 12،000 ރުފިޔާގެ މުސާރައެއް ދޭގޮތަށް ހަމަޖައްސާފައިވެއެވެ. މި މަޤާމަށް ކުރިމަތިލެވޭނީ މަދުވެގެން ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކަށެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ބަލިމީހުންނަށް ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ދިނުމެވެ. މީގެއިތުރުން، އޯގާތެރިކަމާއި ހަމްދަރުދީވެރިކަމާއެކު ހިނިތުންވުމާއެކު މުޢާމަލާތްކުރުން ހިމެނެއެވެ. މި މަޤާމަށް މީހުން ހޯދުމަކީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖުލައި މަހު ވެސް 55 މުވައްޒަފުން ވަނީ މި މަޤާމަށް ހޮވާފައެވެ. މިއީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދޭ ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މާލެ ސިޓީ ގްރޫޕްގެ ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މިހާރު މި ހޮސްޕިޓަލްތައް ހިންގަމުންދަނީ ވަކި ބޯޑެއްގެ ދަށުންނެވެ. އަދި ކޮންމެ ހޮސްޕިޓަލެއް ހިންގަމުންދަނީ ޑެޕިއުޓީ ސީއީއޯއެއްގެ ބެލުމުގެ ދަށުންނެވެ.
ބަލި މީހުންނަށް މަރުހަބާ ކިޔަން އިތުރު 40 މީހުން ހޯދަނީ، މުސާރަ 12،000 ރުފިޔާ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.