މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު' މިއަދު ކ. މަނިޔަފުށީގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ހިންގާ ޕްރޮގްރާމެކެވެ. 15 ބައިވެރިންނާއެކު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމުތަކާއި، މާލެއާއި މަނިޔަފުށްޓާ ދެމެދު ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމު ހަމަޖައްސައިދެނީ މެރިން ރިސަރޗް އިންސްޓިޓިއުޓުންނެވެ. https://twitter.com/MFORmv/status/1979463029533348227?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1979463029533348227%7Ctwgr%5E7b1fc1a1482b8016867cb6fd5bb64e61baca8b7f%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F167031 މި ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދެނީ އެކުއަކަލްޗަރގެ ނިޒާމުތަކާއި، ހަތަރު ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ހުނަރުތަކެވެ. އެއީ ފާނައާއި، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތި އާލާކުރުމެވެ. މީގެ އިތުރުން ދިރޭ ކާނާ އާލާކުރުމާއި، މަހުގެ ބަޔޮލޮޖީ، މޫދުވިނަ ހެއްދުމާއި، އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިވުމުގެ މަޢުލޫމާތުވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ. "މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވެ، ރަށްރަށާ ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ،" މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ އަހަރަކު ދެފަހަރު ބާއްވާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ބައިވެރިވިއެވެ. އަދި މި ޕްރޮގްރާމަށް ލިބުނު ފޯރިގަދަ އިޖާބައަށް ބަލައި، އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
ފާނަ އާލާކުރުމުގެ ޕްރޮގުރާމް: 15 ބައިވެރިންނާއެކު މަނިޔަފުށީގައި, ޕްރޮގްރާމު ކުރިއަށް ދާނީ މިމަހުގެ 30ގެ ނިޔަލަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.