ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ލ.މާމެންދޫއަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށުގެ ސިއްހީ މަރުކަޒުގައި އަލަށް ގާއިމުކުރެވުނު ލެބޯޓަރީގެ ހިދުމަތް އިފްތިތާހުކުރެއްވުމާއެކު، ކައުންސިލު އިދާރާގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވައިފިއެވެ. މާމެންދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒުގެ ލެބޯޓަރީ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ. މި ލެބޯޓަރީއަކީ ރާއްޖޭގެ ހުރިހާ ރަށަކުން އަސާސީ ލެބޯޓަރީގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް ގާއިމުކުރެވުނު ލެބޯޓަރީއެކެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށެއްގައިވެސް އަސާސީ ހުރިހާ ޓެސްޓެއް ހެދޭނެ ފަދަ ލެބޯޓަރީ ހިދުމަތެއް ގާއިމުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ކުރިން ލެބޯޓަރީ ހިދުމަތް ނެތް ގިނަ ރަށްތަކެއްގައި އެ ހިދުމަތް ގާއިމުކުރުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް އިތުރުކުރަންޖެހޭ ޖާގަ އިތުރުކުރުމާއި ފޯރުކޮށްދޭންޖެހޭ އިކުއިޕްމެންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، މިއަދުގެ ރަސްމިއްޔާތުގައި މާމެންދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. މި މަސައްކަތަކީ 55 ރަށެއްގައި ކައުންސިލު އިމާރާތް އެޅުމަށް އާރްސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި، ރިޔާސީ އިންތިހާބުގައި އެކި ރަށްރަށަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ފެށިގެންދާކަމެވެ.
މާމެންދޫގައި ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި، ލެބޯޓަރީ ހިދުމަތް އިފުތިތާހު ކޮށްދެއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.