ޚަބަރު
ދައުލަތުގެ ބަޖެޓުން މިމަހުގެ 16 އިގެ ނިޔަލަށް ކުރި ޚަރަދުތައް, މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 15.3 އިންސައްތަ ދަށަށް

ދައުލަތުގެ ބަޖެޓުން 16 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.2 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ދައުލަތުގެ އާމްދަނީ އާއި ޚަރަދު ރެކޯޑުކުރުމުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ހޭދަވި ތިން ހަފްތާއަށްފަހު މާލީ ވުޒާރާއިން އާންމުކޮށްފައިވާ 16 އޮކްޓޯބަރ 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.3 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން، ރިކަރަންޓް ޚަރަދު 0.2 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 58.1 އިންސައްތައިން ދަށްވެފައިވެއެވެ.

ރިކަރަންޓް ޚަރަދުގެ 59.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 2.9 އިންސައްތަ ދަށް ޢަދަދެކެވެ.

އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 13.0 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފައެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.9 އިންސައްތައިންވަނީ ދަށްވެފައެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަ 4.4 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ޚަރަދު ހުރީ އެ މިންވަރަށް ވުރެ 118.0 އިންސައްތަ ދަށް އަދަދެއް ކަމަށްވާ 2.0 ބިލިއަން ރުފިޔާގައެވެ. މީގެ މައިގަނޑު ސަބަބަކީ، ދައުލަތުން މީގެ ކުރިން ނަގާފައިވާ ލޯނުތައް ކަށް މިމުއްދަތުގެ ތެރޭގައި އިންޓަރެސްޓްގެ ގޮތުގައި ކުރި ހޭދަ އިތުރުވުމެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 3.5 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ.

2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ކޮށްފައިވާ ހޭދަ އިތުރުވާން ފަށައި 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 3.9 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 164 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.3 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 186.7 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment