1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އެމްޕީއެލްއިން ބޭއްވި ބިޒްނަސް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

WhatsApp Image 2025-10-23 at 13.27.42_961979ac
ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އެމްޕީއެލް އިން ބޭއްވި ބިޒްނަސް ފޯރަމްގެ ތެރެއިން... ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)
އާމިނަތު ޝަޒްލާ
406ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އެ ސިޓީގައި "ބިޒްނަސް ފޯރަމް"އެއް މިއަދު ބާއްވައިފިއެވެ.

ފުވައްމުލަކު ސިޓީގެ އޯޝަން ޕާރލްގައި މިއަދު ބޭއްވި ފޯރަމްގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދްގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު، އަދި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި އެމް.ޕީ.އެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުންފުނީގެ އެޑްވައިޒަރ އަލީ ހާޝިމްއެވެ.

މި ފޯރަމްގެ ބޭނުމަކީ ދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކޮށް، ދެކުނު އަތޮޅުތަކުގައި ވިޔަފާރީގެ ވިއުގަ މިހާރަށް ވުރެ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރިވެރިންގެ ހިޔާލު ހޯދުމެވެ.

300 × 250

އަދި މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބަނދަރުތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި ތަރައްޤީކުރުމާއި ބެހޭ މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރަޙައްދީ ބަނދަރުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، ރައްޔިތުނަަށް ޚަރަދު ކުޑަކޮށް މުދަލާއި ކާބޯތަކެތި ގެންނަން އޮތް ފުރުސަތުތަކުގެ މަޢުލޫމާތުވެސް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ.

މިއީ އެމް.ޕީ.އެލްގެ "ބަދަހި ޕްރޮގްރާމް"ގެ ދަށުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މީގެ ކުރިން ކުޅުދުއްފުށި ސިޓީގައިވެސް އެމް.ޕީ.އެލްއިން ވަނީ ބިޒްނަސް ފޯރަމެއް ބާއްވައިފައެވެ.

WhatsApp Image 2025-10-23 at 13.26.51_3cb10028ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އެމްޕީއެލް އިން ބޭއްވި ބިޒްނަސް ފޯރަމްގެ ތެރެއިން... ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)

މި ފޯރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ ބޭފުޅުން ބައިވެރިވެ، ވިޔަފާރީތަކަށް ޙާއްސަކޮށްގެން ބޭންކްތަކުން ދޭ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނެވެ. މީގެ ތެރޭގައި ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ބޭނުންކުރުމާއި ލިބެންހުރި ކްރެޑިޓް ފެސިލިޓީތަކާއި ބެހޭ މަޢުލޫމާތު ވިޔަފާރިވެރިންނާއި ހިއްސާކުރެވުނެވެ.

މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިޔަފާރިތަކަށް ދެވޭ އެހީތެރިކަމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ފުރުޞަތުތަކާއި، ސަރަޙައްދީ ބަނދަރުތައް މެދުވެރިކޮށް އިމްޕޯޓްކުރުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް ދެވޭ އިރުޝާދުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެވުނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި