ޚަބަރު
އދ ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ ބޯޑުގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ޖަމްޢިއްޔާ އަކަށް މަޓީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދިގު ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހޯދައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ މި ޖަމްޢިއްޔާ ވަނީ އދ. ގެ ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޓީއޯ) ގެ އެފިލިއޭޓް މެންބަރުންގެ ބޯޑަށް އިންތިހާބުވެފައެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް މަޓީން ބުނެއެވެ – ޚާއްސަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި ބައިނަލްއަޤްވާމީ ބޯޑުގައި ހިމެނުނު ފުރަތަމަ ޖަމްޢިއްޔާއަކީ މަޓީ ކަމުގައި ވުމުންނެވެ. މަޓީއަށް އެފިލިއޭޓް މެންބަރުކަން ލިބިފައިވަނީ 2019 ވަނަ އަހަރު ބޭއްވި ޔޫއެންޑަބްލިޔުޓީއޯގެ 23 ވަނަ އާންމު މަޖިލީހުންނެވެ.

މަޓީއަށް މި މަގާމު ލިބިފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް ހިނގާ ދައުރަކަށެވެ. ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުން މަޓީއަށް ލިބިފައިވާ ގޮނޑިއަކީ ދެކުނު އޭޝިއާއަށް ދޫކުރި ސަރަހައްދީ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ. މި ބޯޑުގައި މަޓީ ތަމުސީލުކުރައްވާނީ އެ ޖަމްޢިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު އަލީއެވެ. މި އިންތިޚާބާއެކު، ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ އަޑު އިއްވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގެ ޓޫރިޒަމްގެ ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނަށް ހިއްސާކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެކަމަށް މަޓީން ފާހަގަކުރެއެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ އިންތިހާބީ 20 މަގާމެއް ހިމެނޭ ބޯޑެކެވެ. މި ބޯޑު އެކުލަވާލެވިފައިވަނީ ބައިނަލްއަގްވާމީ 6 ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި، 8 ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށެވެ. މަޓީއަށް ލިބުނު މި ގޮނޑިއަކީ، ދެކުނު އޭޝިއާ ސަރަހައްދީ ގޮނޑި ކަމަށްވާއިރު، މިއީ މަޓީގެ މަސައްކަތަށް ލިބިފައިވާ އިތުބާރެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އެ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުން ހިމެނެއެވެ. އަދި، އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުން ވެސް ހިމެނެއެވެ. މީގެ އިތުރުން، އެފިލިއޭޓް މެންބަރުކަމާ ގުޅޭ އިސްތިރާޖީ ކަންކަމުގައި ލަފާދިނުމާއި، ކޮމިޓީން ހަވާލުކުރާ މަސައްކަތްތައް ކުރުން ވެސް ހިމެނެއެވެ.

މަޓީ އިން މި ބޯޑަށް އިންތިޚާބުވުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބައިނަލްއަޤްވާމީ ގޮތުން ލިބުނު ގަދަރެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކާމިޔާބީތައް ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޖަމްޢިއްޔާގެ ތެރޭގައި ހިއްސާކޮށް، ސިނާއަތް އިތުރަށް ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެއެވެ. ޚާއްސަކޮށް، ރާއްޖޭގެ ތަޖުރިބާ މި ފޯރަމްގައި ހާމަވުމުގެ ސަބަބުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment