1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކޮށް، އަންނަ އަހަރު ނިންމާލުމަކީ އަމާޒެއް: އެމްޑަބްލިއުއެސްސީ

82457581_3445402702168924_6245863457569112064_n-850x548
ކުޅުދުއްފުށި ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.... ފޮޓޯ: ކުޅުދުއްފުށި ޕކްޗާސް
އާމިނަތު ޝަޒްލާ
255ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު، މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުންނެވެ.

އަބްދުލްމަތީން ވިދާޅުވީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށާއި، އަދި އެ މަޝްރޫޢުގައި ބޭނުންކުރާ ޕްލާންޓްވެސް ރާއްޖެ ގެނެސްފައިވާކަމަށާއި ސޯލާ ޖެހުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށާއި، އަދި އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއަޓާގައި އެ މަސައްކަތް ނިންމުންކަމަށެވެ.

300 × 250

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް މިއަހަރުގެ ޖޫން މަހު ވަނީ ޖަޕާނުގެ ކެނެޑޭވިއާއާ ހަވާލުކޮށްފައެވެ.

މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޑީސެލިނޭޝަން ޕްލާންޓަކީ މުޅި އެސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެ ޕްލާންޓެެކެވެ. މި މަސައްކަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރާނެއެވެ.

ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ޤާއިމްކުރާނެއެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި