ޚަބަރު
ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުން ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި

އިންޑިއާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުން ދިވެހި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އިންޑިއާގެ ރަންޗީގައި ކުރިއަށްދާ މުބާރާތުގައި 4 ގުނަ 100 މީޓަރު ފަސް ޓީމުން ވާދަކޮށްފައިވާއިރު، އިންޑިއާ ފަހަތަށް ޖައްސާލުމަށްފަހު ސްރީލަންކާއިން ވަނީ ރަން މެޑަލް ގެންގޮސްފައެވެ. ލަންކާގެ ދުވުންތެރިން ރޭސް ނިންމީ 44.70 ސިކުންތުންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފައިވާއިރު، ރާއްޖޭގެ ދުވުންތެރިން ރޭސް ނިންމީ 47.79 ސިކުންތުންނެވެ. އިންޑިއާ އަށް ލިބުނީ ރިހި މެޑަލް ލިބިފައިވާއިރު، އެ ޓީމުން ރޭސް ނިންމީ 44.93 ސިކުންތުންނެވެ.

ހަތަރުވަނަ އަށް ދިޔަ ބަންގްލަދޭޝްގެރިލޭ ޓީމަށް ރޭސް ނިންމުނީ 48.21 ސިކުންތުންނެވެ. ނޭޕާލަށް ރޭސް ނިންމުނީ 50.17 ސިކުންތުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment