1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާމިޔާބީ ތިން އަހަރާއި ގުޅިގެން ކައުންސިލްތަކުން ސަރުކާރަށް މަރުހަބާ ދަންނަވައިފި

l_2018_07_30_035829_b9grswdqlzvycnja7tuk3him81e4p5oxf26_EN_
ޢަޒީޒާ އަފީފް
426ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހެގެ ވެރިކަމަށް 3 އަހަރު ފުރިގެން ދިޔައިރު ސަރުކާރުން ގިނަ މަޝްރޫޢުތައް ހިންގާ މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަރަށްތަކަށް ގެނެވުނު ތަރައްޤީ ފާހަޤަކޮށް ކައުންސިލްތަކުން ދައުލަތުގެ އިސްވެރިންނަށް މަރުހަބާ ދަންނަވައިފިއެވެ.

އެގޮތުން ބަލާލާއިރު ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް، އަރިއަތޮޅު އުތުރުބުރީ ކައުންސިލް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލުގެ އިތުރުން މާޅޮސްމަޑުލު ދެކުނު ބުރީ ކުޑަރިކިލު ކައުންސިލުން ވަނީ ރައީސް ސޯލިހުގެ ކާމިޔާބީ ތިން ދައުރަށް ތަހުނިޔާ ދަންނަވާ ޝުކުރު އަދާކޮށްފައެވެ.

ދާންދޫ ކައުންސިލުން ވިދާޅުވި ގޮތުގައި ރާއްޖޭގައި ޒަމާނުއްސުރެ ކަންތައް ކުރަމުން އައި މަރުކަޒީ ނިޒާމް ބަދަލުކޮށް ލާމަރުކަރީ ނިޒާމަށް ރާއްޖެ ގެނެސްފައި މިވަނީ ރައީސް ސޯލިހުގެ ފާއިތުވީ 3 އަހަރުގެ ވެރިކަމުގައި ކަމަށާއި މިއީ ރައްޔިތުންނަށް ފާގަތި ތިން އަހަރު ކަމަށެވެ.

300 × 250

އުކުޅަހު ކައުންސިލުގެ ބަޔާނުގައި ބުނާގޮތުން ވޭތުވެދިޔަ ދެއަހަރު ދިމާވި ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައިވެސް މިސަރުކާރުން ހުއްޓުމެއްނެތި ތަރައްޤީގެ އެކި މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ ކަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރައްޔިތުންނާއި މުޅި ޤައުމު އެކަތިގަނޑަކަށް ހެއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވެއެވެ.

ކޮވިޑް-19 ޕެންޑަމިކްގައި ރާއްޖޭގެ މައި ދޮރާށި ބަންދުވެ ޢާމްދަނީ ލިބޭނެ ވަޞީލަތްތައް ބަންދުވެގެން ދިޔަ ޙާލަތުގައިވެސް ރައްޔިތުން ބަނޑަށް ޖެހުނަނުދީ ޤައުމު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވި ސިޔާސަތުތަކަކީ ހެޔޮވެރިކަމެއްގެ މިސާލެއްކަމަށް ބުނެ ހޯރަފުށީ ކައުންސިލުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އަދި މިސަރުކާރުން ހޯރަފުށީގައި ހިންގި ތަރައްޤީގެ މަޝްރޫއުތައް ފާހަނގަކޮށް ކައުންސިލް އަދި ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވިއެވެ.

ފާއިތުވެގެން ދިޔަ ތިންއަހަރަކީ ކައުންސިލްތައް ބާރުވެރިކުރުވާ ރައްޔިތުންނާ ގާތުން ޚިދުމަތްދެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ތިން އަހަރު ކަމަށް މުރައިދޫ ކައުންސިލުން ބުނެފައިވާއިރު ކުޑަރިކިލު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޅި ޤައުމާއި އަދި ވަކިން ޚާއްސަކޮށް ކުޑަރިކިލުގެ ތާރީޚުގައިވެސް ހިންގަމުން މިހާރު ގެންދާ ބޮޑެތި މަޝްރޫޢުތައް ފާހަގަކޮށް އެކަން އެރަށު ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށާއި ކޯވިޑްގެ ދަތި ޙާލަތުގައިވެސް ސަރުކާރުންވީ ވަޢުދުތައް ފުއްދުމަށް އެތައް ގޮންޖެހުމަކާއެކުވެސް ކުރައްވާ މަސައްކަތް އެކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމަ އެހެންމެ ކުރިއަށް އޮތް 2 އަހަރަކީވެސް އެރަށާއި ރާއްޖޭގެ ހުރިހާ ސަރަޙަދެއްގައިވެސް ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގޭނެ ފަހި ދެއަހަރަށްވާނެކަމަށް ކައުންސިލާއި ރައްޔިތުން އުއްމީދުކުރާކަމަށް ކުޑަރިކިލު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި