ޚަބަރު
ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، ދަތުރުފަތުރާބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެންނަނީ

ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ދަތުރުފަތުރާ ބެހޭ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ތައްޔާރުވަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މި އިސްލާހުތަކުގެ ތެރެއިން ވެހިކަލް ލިމިޓް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާނެ ގޮތްތަކެއް ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ވެހިކަލްގެ މައްސަލަތަކަށް ޙައްލު ގެނައުމަށް ޤާނޫނީ ބައެއް ބަދަލުތައް ގެނައުމަށް އެޓަރނީ ޖެނެރަލް (އޭޖީ) އާއެކު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ޚާއްސަކޮށް މާލެއަށް ވެހިކަލް ތޮއްޖެހޭ މައްސަލައާއި ވެހިކަލް ލިމިޓްކުރުމާ ގުޅޭގޮތުން ޤާނޫނުގެ ތެރެއިން ގޮތްތަކެއް ނިންމޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ޤާނޫނު އޮންނަގޮތުން ވެހިކަލް ލިމިޓް ކުރުން ނުވަތަ އެތަނެއްގައި އެންމެ ގިނައިން ދުއްވޭނެ އުޅަނދުގެ ކެޕޭސިޓީ ކަނޑައެޅުމުގެ ޒިންމާއަކީ ކައުންސިލްތަކުގެ ޒިންމާއެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލާއެކު އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރިނަމަވެސް އެކަމަށް އަދިވެސް ގޮތެއް ކަނޑަނޭޅޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިހެންކަމުން، މިނިސްޓްރީއަށް މި ބާރު ލިބޭނެ ގޮތަކަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

“ކެރީން ކެޕޭސީޓީ ކަނޑައަޅާން އޮންނަނީ ކައުންސިލަށް. އެ މަސައްކަތް މިނިސްޓްރީއިން ކުރެވޭނެގޮތެއް ފަހިވާނެހެން ޤާނޫނީ އިމުގެތެރެއިން ބަދަލުތަކެއް ގެނައުމަށް ދަތުރުފަތުރާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށައަޅާނަން. ސައިކަލު، ކުންފުނިތަކުގެ ދަށުށް ރެޖިސްޓްރީކުރާގޮތަށް އޮތް އޮތުންވެސް ބަދަލުކުރާނަން. ކުރިއަށް އޮތް 2-3 ހަފްތާތެރޭ އެޖީ، މަޖިލީހަށް ހުށައަޅާނެ.” ވަޒީރު އަމީން ވިދާޅުވިއެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން، މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތައް އިމާރާތްކުރުމަށް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ހަވާލުކުރާނެކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުން ވަނީ ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ޕާކިން މައްސަލައަށް ޙައްލު ހޯދުމަށް މާލެއާއި ހުޅުމާލެ ހިމެނޭހެން ޕާކިން ބިލްޑިންތަކެއް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތަކެއް އެޅުމާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއް ޤާއިމުކޮށް މަސައްކަތްތަކެއް ފެށީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލޭގައި 4000 ޕާކިން ސްލޮޓް ހިމެނޭގޮތަށް 15 ޕާކިން ޢިމާރާތް އެޅުމަށް ވަނީ ނިންމާފައެވެ.

އެ އިމާރާތްތަކުގައި 3920 ކާރު ޕާކިން ޖާގައާއި، 3426 ސައިކަލު ޕާކިން ޖާގަ ހިމެނޭނެއެވެ. ޢިމާރާތުގައި ހަދާ ޕާކިން ސްލޮޓްތަކުން 90 އިންސައްތަ (90%) އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތަކެކެވެ. އަދި 10 އިންސައްތަ (10%) ކަނޑައަޅާނީ ވިޒިޓަރ ޕާކިން ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާއެއްގެ ގޮތުގައެވެ.

“ޕާކިން ބިލްޑިން އަޅަން ކުންފުނިތަކާ ހަވާލުކުރާނީ ޑިޒައިން، ބިލްޑް އަދި އޮޕަރޭޓް އުސޫލުން. ކުރިއަށް އޮތް މަހުގެ ތެރޭގައި މި މަސައްކަތް ކުރުމަށް ކުންފުނިތަކަކާ ހަވާލުކޮށް، މަސައްކަތް ނިންމުމަށް ވަކި މުއްދަތެއް ދޭނަން.” ވަޒީރު އަމީން ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!