ޚަބަރު
ހަންކެޑެ މަޝްރޫޢު ހަވާލު ކުރީ ތުރުކީގެ ކުންފުންޏަކާ: ރައީސް

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމުގެ ފުރުސަތު ތުރުކީގެ އިންވެސްޓަރަކަށް ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް އިޢުލާންކުރެއްވީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ހަންކެޑެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރުމަށް މިދިޔަ ސަރުކާރުން ނެރުއްވި ގަރާރު އުވާލައްވައި އަލުން ފުރުސަތު ހުޅުވާލެއްވީ، މި ސަރުކާރުން އެކަމުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން ދާއިމީ ހައްލެއް ގެނައުމުގެ މަޤްޞަދުގައެވެ. ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމަށް، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، މި ސަރުކާރުން އުވައިލެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

އައު މަޝްރޫޢު ކުރިއަށްގެންދިޔުމަށް އަލުން ހުޅުވާލުމުން، ތުރުކީގެ އިންވެސްޓަރަކު ހުށަހެޅި ޕްރޮޕޯސަލެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބަލައިގަނެފައިވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ހަންކެޑެ މަޝްރޫއު ހަވާލުކުރިކަމުގެ ސިޓީ އެ އިންވެސްޓަރަށް ދިނުމަށްފަހު، އަންނަ ޑިސެމްބަރު މަހުގެ 7 ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތުދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު އެމަނިކުފާނަށް ޔަގީންކަން ދެއްވާފައިވާ ގޮތުގައި އެބޭފުޅުން މަސައްކަތްކުރަމުންދަނީ ހަފުތާއެއްހާ ދުވަސްތެރޭގައި އެ ޕޭމެންޓް ހަދުމަށެވެ. “ހެދިއްޖިއްޔާ ލީސް އެގްރީމެންޓްގައި ސޮއިކުރާނެ. އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގައި. އެއީ ޖުމްލަ 3،000 އެނދުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment