1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެކްސިޑެންޓްގައި ފައިބުރިކޮށްލަން ޖެހުނު ޝަހީދާ އަށް އެހީތެރިވުމަށް ކެމްޕެއިނެއް ފަށައިފި

5e525292-4c06-4570-89ff-8338d1a705e1
ސާއި ޢަލީ
633ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގައި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ވާތު ފައި ޗިސްވެ ފައި ބުރިކޮށްލަން ޖެހުނު މަރިޔަމް ޝަހީދާއަށް އެހީތެރިވުމަށް ކެމްޕެއިނެއް ފަށައިފިއެވެ.

އެގޮތުން މާލޭގައި ހިންގަމުން އަންނަ ހެޔޮ އިންވެސްޓްމެންޓް ފިހާރައިން ވަނީ އެއްދުވަހުގެ އެހީ ޕްރޮގްރާމެއް ފަށައިފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޝަހީދާ އެކްސިޑެންޓް ވެފައިވަނީ ލޮނުޒިޔާރަތް މެގު ހުރަސްކުރަން އުޅުމުގެ ތެރޭގައި އެމަގަށް ވަންނަން ދިޔަ ކުޑަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓިގެންނެވެ. ޕިކަޕު ޖެހުނު ވަގުތު އޭނާ ތާށިވެފައިވަނީ ޕިކަޕާއި ކަންމަތީ ހުރި އިމާރާތުގެ ފާރާއި ދެމެދުއެވެ.

300 × 250

sdx

ތިން ކުދިންގެ މަންމައެއް ކަމަށްވާ ޝަހީދާ އަކީ އެކަނިވެރި މައެކެވެ. އަދި ދަތި ހާލުގައި އުޅޭ އިރު އެންމެ ދޮއްޓަށް ތިބެނީ ދެ ފިރިހެން ކުދިންނެވެ. އެދެ ކުދިންނަށް 18 އަހަރު ފުރިފައިވާއިރު، ދަރިންގެ ހަރަދުތައް ކުރަމުން އަންނަނީ ކޯޓު މެދުވެރިކޮށް ކުދިންގެ ބައްޕަގެ ފަރާތުން ލިބޭ ހަރަދު ފިޔަވައި އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ.

ހެޔޮ ފިހާރަ ޓީމުން އިސްނަގައިގެން ޝަހީދާއަށް އެހީތެރިކަން ފޯރުކޮށްދޭން ހިންގާ އޮންލައިން މި ކޭމްޕޭނުގައި ރުފިޔާ ޖަމާ ކުރަން ޖެހެނީ ޝަހީދާގެ އަމިއްލަ އެކައުންޓަށެވެ. އަދި ރުފިޔާ ޖަމާ ކުރުމަށްފަހު ފިހާރައިގެ ފޭސްބުކު މެސެންޖާ ނުވަތަ ވައިބަރ ނަންބަރަށް ސްލިޕް ފޮނުވުމަށް ފިހާރައިން ވަނީ އެދިފައެވެ.

އެގޮތުން ހެޔޮ ފިހާރައިން ކުރިއަށް ގެންދާ މި ކެމްޕޭން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން މާދާމާ ހެނދުނު 9:00 އަށެވެ. މީގެ އިތުރުން ޝަހީދާއަށް އެހީވުމަށް ފައިސާ ފޮނުވަން ޖެހޭ ބީއެމްއެލް އެކައުންޓަކީ (7704261584101 މަރިޔަމް ޝަހީދާ) އެވެ. ފައިސާ ފޮނުވުމަށް ފަހު 9639444 ސްލިޕް ވައިބާ ކޮށްދެއްވުމަށް ހެޔޮ ފިހާރައިން އެދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި