1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ރައްކާތެރި ނޫން ބީހުން" ކިޔާދޭ ކުޑަކުދިންގެ ވާހަކަފޮތެއް އިފްތިތާހުކޮށްފި

2
ފޮޓޯ: ރައީސް އޮފީސް
ސާއި ޢަލީ
871ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔުނިސެފް މޯލްޑިވްސް އާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ރައްކާތެރި ނޫން ބީހުން ކިޔައިދޭ ކުޑަކުދިންގެ ވާހަކަފޮތެއް މިއަދު ހެނދުނު ނެރެ އިފްތިތާޙް ކޮށްފިއެވެ.

"ބޮސް އޮފް މައި ބޮޑީ" ގެ ނަމުގައި ތައްޔާރުކުރެވުނު މިކުޑަކުދިންގެ ވާހަކަފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. "ބޮސް އޮފް މައި ބޮޑީ" މި ފޮތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި ފޮތަކީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މައުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށް ތައްޔާރު ކުރެވިފައިވާ ފޮތެކެވެ. މިފޮތް އިފްތިތާޙް ކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައެވެ.

300 × 250

މިފަދަ ފޮތެއް ތައްޔާރުކުރުމުގެ މަހްސަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން މައުލޫމާތުތައް އެނގި، އެ ވާހަކަތައް އެހެންމީހަކާއި ހިއްސާކުރުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެއެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.

1

މި ފޮތް އިފްތިތާހްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި