ޚަބަރު
ތުރުކީގެ އަސްކަރީ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތުރުކީގެ އަސްކަރީ ވައިގެ އުޅަނދެއް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި، ތުރުކީގެ ރައްޔިތުންނަށް، އަދި ޚާއްސަކޮށް އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މި ތައުޒިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ހާދިސާއާ ގުޅިގެން ހިތާމަފާޅުކޮށް، ނިޔާވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުޢާކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތުރުކީގެ މި އަސްކަރީ ވައިގެ އުޅަނދު ވެއްޓިފައިވަނީ ޖޯޖިއާ އާއި އަޒަރުބައިޖާން ބޯޑަރު ކައިރިންނެވެ. ރިޕޯޓުތައް ބުނާގޮތުން އެ އުޅަނދުގައި 20 މީހުން ދަތުރުކުރިއިރު، މީގެ ތެރެއިން ބައެއް މީހުން އަދިވެސް ފެނިފައިނުވެއެވެ. މިވަގުތު ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި، އެ މަސައްކަތުގެ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީއާއެކުގައި ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައެވެ.

ތުރުކީގެ ބައެއް މީޑިއާތަކުން ޖޯޖިއާގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ބުނެފައިވަނީ، ޑިސްޓްރެސް ސިގްނަލެއް ނުލިބެނީސް ތުރުކީގެ އުޅަނދު ރާޑަރުން ގެއްލުނު ކަމަށެވެ. އަދި އެ ބޯޓު ވެއްޓިފައިވަނީ އަޒަރުބައިޖާންގެ ބޯޑަރު ކައިރިން ޖޯޖިއާގެ އަވަށަކަށް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment