ޚަބަރު
އަންހެނުންނަށް ޚާއްސަ 100 މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް؛ 83 ފަރާތަކަށް މި ލޯނު ވަނީ ދީފައި

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ. ވަޒީރު މިކަން ފާހަގަ ކުރެއްވީ “ރެހެންދި އެވޯޑް” ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެނުންގެ އިޤްތިޞާދީ ދަތިތައް ދެނެގަނެ، ޚާއްސަކޮށް ވިޔަފާރި ފެށުމަށް ހުރި ހުރަސްތަކަށް ހައްލު ހޯއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން، އަންހެނުންނަށް ޚާއްސަ 100 މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް އެކުލަވާލައްވައި، އޭގެ %25 ނުކުޅެދުންތެރިކަން ހުރި އަންހެނުންނަށް ޚާއްސަކުރެއްވިއެވެ. މިހާތަނަށް 83 ފަރާތަކަށް ވަނީ މިލޯނު ދެވިފައެވެ.

ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަންކުރެވޭ އަންހެނުންގެ ނިސްބަތް 27 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އާސަންދަ)، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ފަދަ އިދާރާތަކުގެ އެންމެ އިސް މަޤާމްތަކުގައި ވެސް މިއަދު ތިއްބެވީ އަންހެނުންކަން ޑރ. އައިޝަތު ޝިހާމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުރިއަށް ދިއުމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އެކި ގޮތްގޮތުން އަންހެނުންނަށް ކުރާ އަނިޔާކަން ފާހަގަކުރައްވައި، މިކަން ހުއްޓުވުމަށް ޚާއްސަ އިސްކަމެއް ދީގެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ތެރެއިން އަންހެނުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment