ޚަބަރު
ޚަޠީބު ޕްރޮގުރާމް ފުރިހަމަކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ޕްރޮފެޝަނަލް ޚަޠީބު” ޕްރޮގުރާމު ފުރިހަމަކުރި 36 ކައުންސިލަރަކަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ރޭ ވަނީ ދީފައެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް މި ހުއްދަތައް ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ޕްރޮގުރާމު ފުރިހަމަކޮށް ހުއްދަ ހޯދާފައި ވަނީ ޖުމްލަ 36 ކައުންސިލަރުންނެވެ.

މި ޕްރޮގުރާމަކީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާނެ މީހުން ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށްޓަކައި، ކައުންސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށްޓަކައި މިފަދަ ޕްރޮގުރާމެއް މިނިސްޓްރީއިން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. މީގެ އިތުރުން ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދިނުމަކީ ވެސް ރަށްރަށުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕްރޮގުރާމަށް ފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޕްރޮގުރާމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއް ކަމަށާއި، މި ޕްރޮގުރާމުގެ ސަބަބުން ރަށްރަށުގެ ދީނީ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment