1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާޖެއިން ބޭރުން ސީދާ ކުޅުދުއްފުށްޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމް، ފުރަތަމަ ބޯޓު އެ ޕޯޓަށް ބަނދަރު ކޮށްފި

s2
ކުޅުދުއްފުށްޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމް، ފުރަތަމަ ބޯޓު އެ ޕޯޓަށް ބަނދަރު ކޮށްފި
މަރްޔަމް ޝަފާ ސައީދު
206ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ވަނީ މިއަދު ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފިއެެވެ.

ކުޅުދުއްފުށި ބަނދަރަށް މިއަދު ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި "ވީބީ ޕްރޮގްރެސް" ބޯޓެކެވެ. މި ބޯޓުން ގެނައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯއެވެ.

މި ވަގުތު ޝެޑިއުލްކޮށްފައިވަނީ ކޮންމެ މަހަކު ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އެއް ދަތުރު ކުރާ ގޮތަށެވެ. އެހެން ނަމަވެސް، މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެއެވެ.

300 × 250

ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެއެެވެ.

ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޓުޓިކޮރިން ކުޅުދުފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖައްސަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމް.ޕީ.އެލް އިން ވަނީ ކުޅުދުއްފުށި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމައި، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ފޯރުކޮށްދީ، ވިޔަރާފިވެރިންގެ ހިޔާލު ހޯދައިފައެވެ.

އެމް.ޕީ.އެލް މެދުވެރިވެގެން، މިދިޔަ އަހަރު ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ވަނީ ރާވައިފައެވެ. އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު މަހެއްގެ ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި