1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި

232
މަރްޔަމް ޝަފާ ސައީދު
112ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި އިމާރާތް ތަޅާލަން ނިންމީ އެތަން މީހުން ބޭނުން ކުރުމަށް ރައްކާތެރި ނޫން ޙާލަތެއްގައި ހުރުމުގެ ސަބަބުންނެވެ.

ސަރުކާރުން ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ނިންމާފައިވަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެ ސަރަހައްދުގައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުމަށެވެ.

ތަޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި ނިންމާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މަސައްކަތް ކުރިއަށް ގެންދާއިރު، ސަރަހައްދުގައި ސުކޫލްތައް ގިނަވުމާއި އިމްތިހާނު ދުވަސްވަރަށް ވުމާއެކު، ދަރިވަރުންނާއި އާންމުންގެ ސަލާމަތަށް ޚާއްސަ ސަމާލުކަމެއް ދެވޭނެއެވެ.

300 × 250

" ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ބޭނުންވޭ މިތަން އެއްކޮށް ސާފުކުރުމަށް ފަހު ހިތްފަސޭހަ ޕާކަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުމަށް. އެކަމަށް ވަކި ޓާގެޓުތަކެއް ކަނޑައެޅިގެން އަޅުގަނޑުމެން ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށް ގެންދަން ބަލާއިރު އަޅުގަނޑުމެންވެސް ވިސްނާނެ ކުދިންގެ ކިޔެވުމަށް. އާންމުންގެ ދަތިކަމަށް. ނަމަވެސް ވަގުތާއި ހާލަތައް ބަލައިގެން ވީ އެންމެ ގިނަ ވަގުތެއް މިކަމުގައި ހޭދަ ކުރަން ޖެހޭނެތީވެ އެކަން ފާހަގަކޮށްލަން ބޭނުން،" ވަޒީރު އާދަމް ޝަރީފު އުމަރު

އިމާރާތް ބާވެ، ތަނބުތަކުގައި ރެނދުލާފައިވުމުގެ ސަބަބުން އަރަބިއްޔާ ސްކޫލްގެ ކިޔެވުން ވަގުތީގޮތުން ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތަށް ބަދަލުކުރިއެވެ.

ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ނިމުމުން، އަރަބިއްޔާ ސްކޫލްގެ ކިޔެވުން ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލަށް ބަދަލުކޮށްފައެވެ.

އަރަބިއްޔާ ސްކޫލްގެ ދާއިމީ އައު އިމާރާތް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ؛ މި އިމާރާތް ބިނާކުރަނީ އެކުވެނި ޓްރެކާއި ޖެހިގެން އޮންނަ ބިމުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި