1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސިލޯނާއެކު ދިވެހިން ޓެލެތޯން އިން 12 މިލިއަނަށް ވުރެ ރުފިޔާ

big_xnJiaAzPwtnIcvtoZKSSYaHbx
ދިވެހިން" ޓެލެތޯނަށް ޖުމްލަ 12,341,466.62 ރުފިޔާ ލިބިއްޖެ
މަރްޔަމް ޝަފާ ސައީދު
108ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ދިވެހި މީޑިއާތަކާއިއެކު ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހިން" ޓެލެތޯނަށް ޖުމްލަ 12,341,466.62 ރުފިޔާ ލިބިއްޖެ އެވެ. މި އަދަދުގައި ދިވެހި ރުފިޔާއާއި ޑޮލަރުން ލިބުނު ފައިސާ ހިމެނެއެވެ.

މި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހޯމަ ދުވަހުގެ މެންދުރު 2:00 ޖެހުމާ ހަމައަށެވެ. ޓެލެތޯނަށް ލިބުނު ޖުމްލަ ފައިސާގެ ތަފްސީލު މިގޮތަށް ހުށަހަޅާފައިވެއެވެ: 11,553,291.10 ދިވެހި ރުފިޔާ، 51,088.31 އެމެރިކާ ޑޮލަރު، އަދި 20 ޔޫރޯއެވެ.

މި ޓެލެތޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ 'ކްރޯ މޯލްޑިވްސް' އެވެ. ޓެލެތޯންގެ ފަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު، ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއް ކްރޯ މޯލްޑިވްސްއިން ވަނީ ކޮށްފައެވެ. ކްރޯ މޯލްޑިވްސްއިން ވަނީ ގުނި ހުރިހައި ފައިސާތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖަމާކުރުމަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ.

300 × 250

ކްރޯ މޯލްޑިވްސްއިން ފާހަގަކުރެއްވި ގޮތުގައި، ޓެލެތޯންގެ ފަންޑް މެނޭޖްކުރުމާއި ފަންޑް ރެއިޒްކުރުމުގެ މަސައްކަތް ޕީއެސްއެމްއިން ކޮށްފައިވަނީ އެ ކުންފުނިން ކަނޑައަޅާފައިވާ އިންޓާނަލް ސްޓޭންޑާރޑްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި، ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކާއި، އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ.

ޓެލެތޯނަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިނީ ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ހަދިޔާކޮށްގެންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި